logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރިމަގު ސައްލާ މިރޭ 20:15 ގައި ހޯރަފުށީގައި ބާއްވަނީ

އައިޝަތު ނަޝާ
17 ސެޕްޓެމްބަރު 2025 - 09:17
ކުރިމަގު ސައްލާ  މިރޭ 20:15 ގައި ހޯރަފުށީގައި ބާއްވަނީ

ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ޤައުމީ ތަރައްޤީގެ ޕްލޭން އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދާ "ކުރިމަގު ސައްލާ" މިރޭ ހއ. ހޯރަފުށީގައި ބޭއްވުމަށް ނިންމައިފި އެވެ.

މި ސައްލާ ބޭއްވުމަށް ނިންމާފައިވަނީ، މިރޭ 20:15 ގައި ހއ. އަތޮޅު މަދަރުސާގަ އެވެ. ޤައުމު ބިނާކުރުމުގައި އެންމެންގެ ބައިވެރިވުން ހިމެނޭގޮތުން ކުރިއަށްގެންދާ މި ޕްލޭން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ދިނުމަށް ބާއްވާ މި ސައްލާގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ކުރިމަގު ސައްލާ" އަކީ ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސައްލާ އެކެވެ.

ރައްޔިތުންނާއި ބައްދަލުކޮށް ޚިޔާލު އެއްކުރުމަށް ރަށްރަށަށް ކުރާ ދަމި ތުރުތަކުގައި ހަރަކާތްތެރިވަނީ، މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެވޯޑްކޮށްފައިވާ ކޮންސަލްޓެންޓް، ނެކްސިޔާ މޯލްޑިވްސްގެ ޓީމް ތަކުންނެވެ.

ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އެކުލަވާލުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކޮށް ރައްޔިތުންގެ މަޝްވަރާ ހޯދައި ޚިޔާލު އެއްކުރާނެއެވެ. އަދި މި ބައްދަލުވުންތަކުގައި މީގެ 20 އަހަރު ފަހުން އެބައެއްގެ ވަޒަން ނުވަތަ ދިވެހިރާއްޖެ އޮންނަން ބޭނުންވާ ގޮތަކީ ކޮބައިތޯ އޮޅުންފިލުވައި ރައްޔިތުން ބޭނުންވާ ތަސައްވުރަށް މި ޕްލޭންގެ ދަށުން މަގްޗާޓް ކުރަހަދޭނެއެވެ.

"ވިލުންތެރި ރާއްޖެ" ޤައުމީ ތަރައްޤީގެ ޕްލޭން އަކީ، ޤާނޫނީ ފުރިހަމަ ބާރުވެރިކަން ލިބިދެވޭގޮތަށް އެކުލަވާލުމަށް ތައްޔާކުރަމުންދާ ޕްލޭނެކެވެ. މި ޕްލޭން ވެގެންދާނީ ކުރިއަށްއޮތް 20 އަހަރުގެ ތެރޭގައި، ރާއްޖޭގެ ތަރައްޤީގެ ކަންކަން ރާވާ ހިންގުމުގައި އަމަލުކުރަންޖެހޭ އަދި އޭގައި ރައްޔިތުން ހިމަނުއްވާ ކަންކަން ތަންފީޒުކުރެވިގެންދާނެ ޕްލޭނަކަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިމަގު ސައްލާ މިރޭ 20:15 ގައި ހޯރަފުށީގައި ބާއްވަނީ ޚަބަރު | 2 ދުވަސް ކުރިންދައުލަތުގެ ބަޖެޓުން ކުރި ޚަރަދުތައް މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑުތަނުން ކުޑަކޮށްފި ޚަބަރު | 5 ދުވަސް ކުރިންމާލޭގެ ކަނޑުތޮށި ވަރުގަދަކުރުމަށް ޖަޕާނުން 10.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފިޚަބަރު | 9 ދުވަސް ކުރިންގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެއް އަހަރުން ނިންމާލެވޭނެ: ނަޝީތުޚަބަރު | 9 ދުވަސް ކުރިން