logo
Bank of Maldives

Bank of Maldives

ކުޅިވަރު

އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްަސަލް ޓީމު ފުރައިފި

ޢައްފާން މުޙައްމަދު
17 ސެޕްޓެމްބަރު 2025 - 11:56
ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ ސްކޮޑު -- ފޮޓޯ/ ޙުސެއިން ޝައްމާޙް - މެންދުރު ޓީވީ
ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ ސްކޮޑު -- ފޮޓޯ/ ޙުސެއިން ޝައްމާޙް - މެންދުރު ޓީވީ

 މަހު ކުރިއަށްދާ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކުރާ ގައުމީ ފުޓްސަލް ޓީމު މިޔަންމާއަށް ފުރައިފިއެވެ.

މި ފަހަރުގެ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި، ރާއްޖޭން މެޗުތައް ކުޅެން ޖެހެނީ މިޔަންމާގަ އެވެ. ރާއްޖޭގެ ގްރޫޕްގައި ހިމެނެނީ، މިޔަންމާ އާއި އަފްގާނިސްތާން އެވެ. ކޮލިފައިން ފުރަތަމަ މެޗުގައި، މި މަހު 20 ވަނަ ދުވަހު އަފްގާނިސްތާނާ ކުޅުމަށް ފަހު، ދެ ވަނަ މެޗުގައި، 22 ވަނަ ދުވަހު މިޔަންމާއާ ބައްދަލުކުރާނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮލިފައިންނަށް އެކުލަވާލި ގައުމީ ޓީމުގެ ފައިނަލް ސްކޮޑު އިއްޔެ އިއުލާނުކޮށްފައިވާއިރު، ޓީމުގައި 14 ކުޅުންތެރިން ހިމެނެއެވެ. އެއީ، އަހުމަދު އަޔާޒް (އަޔާ)، ސާމިން މުހައްމަދު (ސާންކޮ)، އަލީ ޝިޔާހު (ޝިޔަޅޭ)، އިސްމާއިލް ވަޖީހު (ވައްޖެ)، ހުސެއިން ސުހެއިލް (ސޮކޭ)، މުހައްމަދު ފާސިރު (ފާއްޓެ)، އަހުމަދު ރާހިލް (ރާއްކޮ)، އަލީ ޝަމާލް (ޝަންމު)، ހުޒައިފަތު ރަޝީދު (ހުޒޭ)، އިޝާން އިބްރާހިމް (ސައްޓު)، މުހައްމަދު އިމްރާން (އިންމި)، އަލީ ހާފިޒް (ހާއްޕެ)، އަބްދުﷲ ޒިމާމް، އަބްދުﷲ ނާސިހު އެވެ.

IMG_7371.JPG

ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ ފުރުން --ފޮޓޯ/ ޙުސެއިން ޝައްމާޙް - މެންދުރު ޓީވީ

 

ޓީމުގެ ކޯޗަކީ މީގެ ކުރިން ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި އަހުމަދު ނިޔާޒް (ނިޔާ) އެވެ. އެސިސްޓަންޓް ކޯޗަކީ މުހައްމަދު ފުހެއިދު (ޓޯޑު) އެވެ. އަދި، ޓީމުގެ މެނޭޖަރަކީ، މުހައްމަދު އުމެއިރު އެވެ.

ރާއްޖޭން އެންމެ ފަހުން ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ކުޅެފައިވަނީ، 2023 ވަނަ އަހަރު އެވެ. އެ ފަހަރު، އޭޝިއާގެ ޗެމްޕިއަން އިރާން އަތުން 18-2 އިން ބަލިވިއިރު، ލެބަނަން އަތުން ބަލިވީ 6-1 އިންނެވެ. އަދި، ފަހު މެޗުުގައި ކިރްގިސްތާން އަތުން ބަލިވީ 8-3 އިންނެވެ.

އެންމެ ފަހުން ފީފާ އިން ނެރުނު ފުޓްސަލް ރޭންކިންގައި ރާއްޖެ އޮތީ ދުނިޔޭގެ 106 ވަނައިގަ އެވެ. އޭޝިއާގެ 26 ވަނަ އެވެ. އެއީ، ދެކުނު އޭޝިއާ ސަހަރައްދަށް ބަލާއިރު އެއް ވަނަ އެވެ. އިންޑިއާ އޮތީ 135 ވަަނައިގަ އެވެ. ދެން މި ފަހަރު ކޮލިފައިންގައި ކުޅޭ ޕާކިސްތާން އާއި ބަންގްލަދޭޝް އަދި ރޭންކްކޮށްފައެއް ނުވެ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްަސަލް ޓީމު ފުރައިފިކުޅިވަރު | 3 ގަޑިއިރު ކުރިންއޭޝިއަން ކަޕް ކޮލިފިކޭޝަންގައި ވާދަކުރާ ގައުމީ ފުޓްސަލް ޓީމުގެ ސްކޮޑު އިއުލާނުކޮށްފިކުޅިވަރު | ދުވަހެއް ކުރިންރާއްޖެއާއި ފަލަސްޠީނުން އެކުވެރިކަމުގެ ފުޓުބޯޅަ މެޗުތަކެއް ކުޅެނީޚަބަރު | 15 ދުވަސް ކުރިންފަލަސްޠީން ޓީމު ރާއްޖޭގައި ކޭމްޕުކުރަން ސަރުކާރުން މަގުފަހިކޮށްދީފިކުޅިވަރު | 15 ދުވަސް ކުރިން