logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނަށް 343 ޒުވާނުން، ރައީސްގެ މަރުޙަބާ

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ސެޕްޓެމްބަރު 2025 - 02:49
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނަށް ފުރި ކުއްޖެއްގެ މަންމަ ދަރިފުޅަށް ހިތްވަރުދެނީ، ފޮޓޯ: ރައީސްގެ އެކްސް ޕޯސްޓް އިން
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނަށް ފުރި ކުއްޖެއްގެ މަންމަ ދަރިފުޅަށް ހިތްވަރުދެނީ، ފޮޓޯ: ރައީސްގެ އެކްސް ޕޯސްޓް އިން

ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސް (ދިވެހި ވަޠަނީ ޚިދުމަތް) ގެ ތަމްރީންގެ ފުރަތަމަ ބުރުގެ ގޮތުގައި ހޮވުނު 343 ޒުވާނުންނަށާއި އެ ޒުވާނުންގެ ބެލެނިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ޤައުމު ދެކެ ލޯބިވާ، ޒިންމާދާރު، ހަރުދަނާ ޖީލެއް ބިނާކުރުމުގެ މަތިވެރި މަޤުޞަދުގައި ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގެ ތަމްރީނަށް ޒުވާނުން ފުރައިފައިވަނީ މި ބުދަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ މި ޒުވާނުންނަށް މަރުޙަބާ ވިދާޅުވީ، އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ބުދަ ދުވަހުގެ ރޭ ކުރެއްވި ޕޯސްޓެއްގައެވެ.

އެ މަނިކުފާނު ވަނީ މި ޒުވާނުންނަށް މަރުޙަބާ ދެންނެވުމުގެ އިތުރުން، މި ޕްރޮގްރާމަށް އެދި ހުށަހެޅި އަދި އެކަމަށް ސިލެކްޓްވުމަށް ކުރި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

ދިވެހި ވަޠަނީ ޚިދުމަތަށް ކުރިމަތިލުމަށް މިއަހަރަށް ހުޅުވާލުމުން ކުރިމަތިލި 1242 ޒުވާނުންގެ ތެރެއިން، ފުރަތަމަ ބުރުގެ ސިލެކްޝަން ޕްރޮސެސް ގައި ހޮވުނު 343 ޒުވާނުން ވަނީ މި ބުދަ ދުވަހު ތަމްރީނަށް ފުރައިފައެވެ. މި ޒުވާނުންގެ ތެރޭގައި ރާއްޖޭގެ 107 ރަށަކުން، ޢުމުރުން 16 އަހަރާއި 29 އަހަރާ ދެމެދުގެ 64 އަންހެން އަދި 279 ފިރިހެން ޒުވާނުން ހިމެނެއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ މައިގަނޑު މަޤުސަދުތަކަކީ:

  • ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުން.
  • ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރުން.
  • ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި އަދި ނޭޝަނަލް ސަރވިސްގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދިނުން.
  • ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުން.
  • ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ބައްޓަންކުރުން.
  • ދިވެހި ޒުވާނުންނަކީ ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ހެދުން.

 

 

ޤައުމު ދެކެ ލޯބިވާ ޒިންމާދާރު ހަރުދަނާ ޖީލެއް ބިނާކުރެއްވުމަށްޓަކައި، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމު ކުރިއަށް ގެންދަވާނޭކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވީ މިދިޔަ އަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުއްވައިދެއްވުމަށް އިއްވެވި ރިޔާސީ ބަޔާނުގައި، އެ ޕްރޮގްރާމު ޢަމަލީގޮތުން މިއަހަރު ހިންގަވަން ފައްޓަވާނެކަމަށްވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނަށް 343 ޒުވާނުން، ރައީސްގެ މަރުޙަބާޚަބަރު | 2 ގަޑިއިރު ކުރިން ޙަޤީޤަތް ބެލުމެއްނެތި އަނެކާއަށް ގެއްލުންދޭ ގޮތަށް ހިތަށް އައިހާ އެއްޗެއް ލިޔުމަކީ އިންސާނަކަށްވީތީ ވެސް ކުރެވޭނެ ކަމެއްނޫން: ރައީސްޚަބަރު | 17 ގަޑިއިރު ކުރިންކުރީގެ ރައީސުންނާއި މެންބަރުންގެ ބައެއް އިނާޔަތްތައް އުނިކުރަން މަޖިލީހުގެ އަންނަ ދައުރުގައި ހުށަހަޅަނީޚަބަރު | 17 ގަޑިއިރު ކުރިންއަޅުގަނޑުގެ ފަލްސަފާއަކީ ރައްޔިތުންނާ ގާތުން ޚިދުމަތްދިނުން: ރައީސްޚަބަރު | 18 ގަޑިއިރު ކުރިން