logo
Bank of Maldives

Bank of Maldives

ޚަބަރު

މަޑިފުށީގެ އިޚްތިޞާޞްގައި ދެ ރަށެއް ހިމަނަން ނިންމަވައިފި

އައިޝަތު ނަޝާ
18 ސެޕްޓެމްބަރު 2025 - 09:53
 މަޑިފުށީގެ އިޚްތިޞާޞްގައި ދެ ރަށެއް ހިމަނަން ނިންމައިފި

ކޮޅުމަޑުލު މަޑިފުށީގެ އިޚްތިޞާޞްގައި އެ އަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ނެރުއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ރައީސުލްޖުމްހޫރިއްޔާ ގެ ވަޢުދުފުޅުގައި ހިމެނިވަޑައިގަންނަވާ ކަމެކެވެ.

މަޑިފުށީގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަޑިފުއްޓަށް ވަޑައިގެން ރައީސް ވަނީ، އެ ރަށާ އުފުރިޔާއާ ގުޅާލަދޭނެ ކަމަށާއި ކޮޅުފުށި ވެސް އެރަށު އިހުތިޞާސްގެ ތެރޭގައި ހިމަނުއްވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އޭގެއިތުރަށް، މަޑިފުށި ކައުންސިލަށް އިގުތިޞާދީ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށް އޭރު އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އ.ދ ގެ ޤައުމުތަކަށް މާނަހުރި އިޞްލާޙުތައް ގެނައުމުގައި ރާއްޖެއިން ދެމިއޮންނާނެ: ރައީސްޚަބަރު | 15 ގަޑިއިރު ކުރިންމުހައްމަދު އަލީގެ އާއިލާއަށް ރައީސްގެ ތައުޒިޔާޚަބަރު | 2 ދުވަސް ކުރިންރައީސްއަށް ކާމިޔާބު ހޯދައިދިނުމަށް ހުރިހާ ރަށެއް ފަތަހަކުރާނަން: އަބްދުއްރަހީމްޚަބަރު | 3 ދުވަސް ކުރިންޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާ ކުރާ ތާރީހު ޖޫން 2031 އަށް ޚަބަރު | 3 ދުވަސް ކުރިން