logo
Bank of Maldives

Bank of Maldives

ޚަބަރު

ވީއައިއޭގެ ބިޒަނަސް "ކޮވެލި ލައުންޖް" ރަސްމީކޮށް ހުޅުވައިފި

އައިމިނަތު މޫސާ
18 ސެޕްޓެމްބަރު 2025 - 13:02
ވީއައިއޭގެ ބިޒަނަސް "ކޮވެލި ލައުންޖް" ރަސްމީކޮށް ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ބިޒަނަސް "ކޮވެލި ލައުންޖް" ރަސްމީކޮށް ހުޅުވައިފިއެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު އަދި އިކޮނޮމިކް މިނިސްޓްރު މުޙައްމަދު ސައީދުގެ އިތުރުން އެމްއޭސީއެލްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކޮވެލި ލައުންޖް ހުޅުވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދެއެވެ. އެ ލައުންޖަކީ 1230 އަކަފޫޓުގެ ބޮޑު ލައުންޖެކެވެ. އެއްފަހަރާ 217 މީހުންނަށް ހިދުމަތް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ އެ ތަނަކީ ދަތުރުވެރިންނަށް ހިތްފަސޭހަ މާހައުލެއް ފޯރުކޮށްދިނުމަށް ހާއްސަކޮށްފައިވާ ބިޒްނަސް ލައުންޖެކެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް ވިދާޅުވީ ބިޒްނަސް ޓާމިނަލެއް ހުޅުވުމަކީ އެއާލައިންތައް އެ ޓާމިނަލް ބޭނުން ކުރަން ފެށުމުން މުހިންމު ހަރުފަތަކަށް ވެގެންދާނެ ކަމެއް ކަމަށެވެ. ޝަރީފް ވިދާޅުވީ ގިނަ އެއާލައިން ތަކަކީ ލައުންޗުތައް ނެތި ބޭނުން ކުރަން ނުފަށާނެ އެއާލައިން ތަކެއް ކަމަށެވެ. މިއަދު ހުޅުވިގެން ދިޔަ ލައުންޗުގެ ސަބަބުން ޓާމިނަލް ބޭނުން ކުރަން ފެށުމުން އެތަކެއް ގިނަ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އަޅުގަނޑު ފާހަގަ ކޮށްލަން މިޓާމިނަލްގެ މޭޖަރ މަސައްކަތްތައް ކޮންޑެކްޓަރުން ނިންމި ނަމަވެސް ޑިއުޓީ ފުރީ އެރިއާ، ލައުންޗު، އެފްއެމްބީ އޭރިއާއަކީ ކޮންޓެކްޓުން ބޭރުން ކުރެވިފައިވާ މަސައްކަތްތަކެއް، މި މަސައްކަތް ކުރުމަށް އަޅުނގަޑުމެންނަށް ކޮންޓެކްޓް އެވޯޑް ކުރެވުނު ނަމަވެސް ތަފާތު އެކި މައްސަލަތަކާ ހެދި އަޅުނގަޑުމެންގެ ކޮންޓެކްޓަރ އަށް ނުވަދެވި ވަރަށް ގިނަ ދުވަސް ހޭދަވި. ވަރަށް ބުރަ މަސައްކަތުން ވަރަށް ގާތުން ބައްލަވާގެން ތަފާތު އެހީތެރިކަން ކުލައިންޓެއްގެ ހައިސިޔަތުން ކޮންތެކްޓަރަށް ދީގެން، އަދި ކޮންޓެކްޓަރ ވެސް އަޅުގަނޑުމެންގެ މި ދަތި ކުރު މުއްދަތުގައި ނިންމަން ޖެހޭކަން އިހްސާސް ކުރެވި އެކަން ދެނެގަނެވި ވަރަށް ބުރަކޮށް މަސައްކަތް ކުރެވި، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ލައުންޗު ނިންމާލެވިފައިވާކަމަށް. އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު

ޝަރީފް ވިދާޅުވީ މި ލައުންޖް މިހާ އަވަހަށް ހުޅުވުނީ އެ ކުންފުނީގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތްކަމަށެވެ. ޓާމިނަލް ހުޅުވުމަށް ލިބިގެން ދިޔަ ކުޑަ ދުވަސް ކޮޅު ތެރޭގައި މިފަދަ ލައުންޗެއް ހުޅުވިއިރު ޑިއުޓީފުރީ އެރިއާކާއި، އެފްއެމްބީ އޭރިއާއެއް ވަނީ ތަރައްގީ ކުރެވިފައި ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކޮވެލި ލައުންޖްގެ ތެރޭގައި ދަތުރުވެރިންނަށް ބޭނުންވާނެ އެތައް ޒަމާނީ ވަސީލަތްތަކެއް ވަނީ ގާއިމްކޮށްފައެވެ. އެމްއޭސީއެލުން ބުނެފައިވާ ގޮތުގައި، މިއީ އެއާޕޯޓެއް ދޭ ހިދުމަތެއް ކަމަށްވާތީ، ދިވެހީންނަށް ވެސް އެ ލައުންޖް ބޭނުންކުރުމުގެ ފުރުސަތު އޮންނާނެއެވެ. މި ލައުންޖް ހުޅުވުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ދަތުރުވެރިންނަށް ލިބޭ ތަޖުރިބާ ރަނގަޅުވެގެންދާނެ ކަމަށްއެކުންފުނިން އުންމީދުކުރެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭގެ ބިޒަނަސް "ކޮވެލި ލައުންޖް" ރަސްމީކޮށް ހުޅުވައިފިޚަބަރު | 3 ގަޑިއިރު ކުރިންއެއާޕޯޓުގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ބޭއްވި ހަރަކާތް ކާމިޔާބު ކަމާއެކު ނިންމާލައިފިޚަބަރު | 9 ދުވަސް ކުރިންފުރަތަމަ 6 މަސްދުވަހު ވީއައިއޭއިން 4.1 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދީފި ޚަބަރު | މަހެއް ކުރިން އަސާސީ ކާބޯތަކެތީގެ އަގުތައް ދެނެގަތުމަށް އާ ޕްރައިޒް އިންޑެކްސްއެއް ތައާރަފް ކުރަނީޚަބަރު | މަހެއް ކުރިން