logo
MPL

MPL

ޚަބަރު

"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް" ޕޮރޮޖެކްޓް އެގްރިމެންޓްގައި ސޮއިކޮށްފި

އަޙުމަދު ރިޝާން
16 ނޮވެމްބަރު 2026 - 17:24
"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް" ޕޮރޮޖެކްޓް އެގްރިމެންޓްގައި ސޮއިކޮށްފި

ރާއްޖޭގެ އެންމެ އުތުރުގައި އޮތް އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް" ގެ ބިޔަ މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިވެހި ސަރުކާރާއި، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އަދި އަބޫދާބީގެ ސާހް ގުރޫޕް ފޯ ޓެކްނިކަލް ސާވިސަސް (ސާހް ގުރޫޕް) އާ ދެމެދު އެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ސާހް ގުރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓް އަހުމަދު އިބްރާހިމް އަލީ މުހައްމަދު އަލްމުތާވާ އަދި އެސްޓީއޯއިން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދެވެ.

Ad by Hajj Corporation

Ad by Hajj Corporation

03612afb-b279-4279-b469-18b47ab75509 (1).jpg

 

ރާއްޖޭގެ އިގްތިސާދީ މުސްތަގުބަލަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ކަމަށް ބެލެވޭ މި މަޝްރޫއުގެ ދަށުން، އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ފެންވަރުގެ މެރިޓައިމް އަދި ލޮޖިސްޓިކްސް ހަބެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ބަންކަރިންގްގެ ހިދުމަތްތަކާއި، ކާގޯ ޓްރާންސްޝިޕްމަންޓްގެ މަސައްކަތްތައް ފުޅާކޮށް، ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް މި މަޝްރޫއު މެދުވެރިވެގެންދާނެ ކަމަށް ސަރުކާރުން މައުލޫމާތުދެ އެވެ.

ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރުގެ މައި މަގެއް ކަމަށްވާ 8-ޑިގްރީ ޗެނަލާ ކައިރީގައި އިހަވަންދިއްޕޮޅު އޮތުމަކީ، މެރިޓައިމް އަދި ލޮޖިސްޓިކްސް ވިޔަފާރިތަކަށް ރާއްޖޭގެ އިސްތިރާޖީ (ސްޓްރެޓީޖިކް) މުހިންމުކަމުގެ ފައިދާ އެންމެ ފުރިހަމައަށް ހޯދުމަށް އޮތް އެންމެ އެކަށޭނެ ފުރުސަތެވެ. މި މަޝްރޫއު ހިންގާ ސާހް ގްރޫޕަކީ  1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނާޖީ އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއާއި ފުރަތަމަ ރިޔާސީ ބަޔާނުގައި ވައުދުވެވަޑައިގެންފައިވާ މި މަޝްރޫއަކީ، 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ އަމާޒުގެ ދަށުން، ގައުމުގެ އިގްތިސާދު ސިންދަފާތުކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެކެވެ.

މި އެއްބަސްވުމުގެ ދަށުން، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މި މަޝްރޫއު ފުރިހަމަވެގެންދާއިރު، ރާއްޖޭގެ އުތުރު ސަރަހައްދު ވެގެންދާނީ ދުނިޔޭގެ ކަނޑުދަތުރުފާނުގެ މައިގަނޑު މަގުތަކާ ގުޅިފައިވާ، ވިޔަފާރިއާއި އިގްތިސާދީ ހަރަކާތްތަކުން ފުރިގެންވާ މުހިންމު ސަރަހައްދަކަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ޒުވާނުންނަށް ވަޒީފާގެ އާ ފުރުސަތުތަކެއް ތަނަވަސްވެ، ގައުމީ އުފެއްދުންތެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އިގްތިސާދީ މާހިރުން ފާހަގަކުރައްވަ އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް" ޕޮރޮޖެކްޓް އެގްރިމެންޓްގައި ސޮއިކޮށްފިޚަބަރު | 30 މިނިޓު ކުރިންސަރުކާރުން އަމާޒު ހިފާފައިވާ މިސްރާބާއެކު ޑޮލަރުގެ މައްސަލަ ހައްލުވެ، މި ދަތި ހާލަތުން އަރައިގަނެވޭނެ: ސައީދުޚަބަރު | 2 މަސް ކުރިންރާއްޖެ ބަނގުރޫޓެއްނުވާނެ، އިގްތިސޯދު މަޑުމަޑުން ފުން ނޭވާއެއް ލާނެޚަބަރު | 3 މަސް ކުރިންވީއައިއޭގެ ބިޒަނަސް "ކޮވެލި ލައުންޖް" ރަސްމީކޮށް ހުޅުވައިފިޚަބަރު | އަހަރެއް ކުރިން