ރާއްޖެ ބަނގުރޫޓެއްނުވާނެ، އިގްތިސޯދު މަޑުމަޑުން ފުން ނޭވާއެއް ލާނެ
11 އޯގަސްޓު 2026 - 06:30

ދިވެހިރާއްޖެ ބަނގުރޫޓް ނުވާނެ ކަމަށާއި އިގްތިސޯދު މަޑުމަޑުން ފުންނޭވާއެއް ލާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓްރީން ގެނެސްދިން "އިގްތިސޯދީ ދެފަރާތް" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ކުރިމަތިވި އެންމެ ބޮޑު ދަރަނި ދައްކާ މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިއާ އެކު އައިޖީއެމްގެ އިމާރާތްފަދަ ރަހުނުކޮށްފައިހުރި، ބޮޑެތި އެސެޓްތައް މިނިވަންވެފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

Ad by Hajj Corporation
ސައީދު ވިދާޅުވީ އިތުރު ފައިސާ ބާޒާރަށް ނުނެރޭއިރު، ދެންހުރި ކުދިކުދި ދަރަނިތައް ދައްކަމުން ރާއްޖޭގައި ހިންގާ މަޝްރޫއުތައް ކުރިޔަށްގެންދާއިރު، މަޑުމަޑުން ފައިސާގެ ކަންކަމަށް ހަމަޖެހުމެއް އަންނާނެ ކަމަށެވެ.
ޑިމޮކްރަސީއެއް ހަރުދަނާ ވާނީ ހިޔާލު ފާޅުކޮށްގެން ކަމަށާއި އެކަމަކު އިގްތިސޯދު ހަލާކޮށްލުމުގެ ބޭނުމުގައި ޑޮލަރުގެ ވާހަކަ ދައްކައިން ފައިދާ ކުރަނީ ކޮންބަޔަކޮށްތޯ ވެސް ސައީދު ވަނީ ސުވާލު އުފައްދަވާފަ އެވެ.


