ސަރުކާރުން އަމާޒު ހިފާފައިވާ މިސްރާބާއެކު ޑޮލަރުގެ މައްސަލަ ހައްލުވެ، މި ދަތި ހާލަތުން އަރައިގަނެވޭނެ: ސައީދު
20 ސެޕްޓެމްބަރު 2026 - 04:58

ސަރުކާރުން އަމާޒު ހިފާފައިވާ މިސްރާބާއެކު ޑޮލަރުގެ މައްސަލަ ހައްލުވެ، މި ދަތި ހާލަތުން އަރައިގަނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިގްތިސޯދީ ހަލާތާ ބ ެހޭ ގޮތުން ވާހަކަ ދައްކަވާފައި ވަނީ ސޯޝަލް މީޑިއާ އަށް ދޫކޮށްލެއްވި ވީޑިއޯ މެސެޖެއްގަ އެވެ. މިނިސްޓަރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގައި، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނެގި 150 މިލިއަން ޑޮލަރުގެ ޓީ-ބިލް ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން ޑޮލަރު މިދިޔަ ބުރާސްފަތި ދުވަހު ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation
މިނިސްޓަރު ވިދާޅުވިގޮތުގައި ޓީ-ބިލް ދެއްކުމާ ގުޅިގެން ކާޑާއި، ތެލާއި، ގޭހާއި، ބޭސް ފަދަ އަސާސީ މުދާ ގަންނާނެ ފައިސާ ދައުލަތުގައި ނެތް ކަމަށް ބުނެ ފަތުރަމުންދަނީ މާކެޓުގެ އިތުބާރު ގެއްލުވައިލަން ދައްކާ ހަގީގަތެއް ނެތް ވާހަކަތަކެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަމެއް ދެއްވީ ދައުލަތް ޑިފޯލްޓް ނުވެ ސުކޫކް އަނބުރާ ދެއްކުމަށް ކަމަށާއި، ތާރީޚުގައި ވެސް ސުކޫކްގެ ގޮތުގައި ނެގި އެންމެ ބޮޑު އަދަދު ދައްކައި ރޭޓިން ވެސް ރަނގަޅުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް، ގައުމު ކުރިއަރަމުންދާއިރު އަބަދުވެސް ގައުމު ނުދަރައިގެން ނުވަތަ ބަނގުރޫޓު ނުވެގެން ބަޔަކު އުޅުމަކީ ކަންބޮޑުވުމެއް ކަމަށާއި، ބޭރުގެ މީޑިއާތަކުގައި ރާއްޖެއަށް ޓޫރިސްޓުން ނާންނާނެ ކަމަށް ބުނެ ދައްކާ ވާހަކަތަކުން ގެއްލުން ލިބެނީ މުޅި ގައުމަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.


