logo
Bank of Maldives

Bank of Maldives

ކުޅިވަރު

ހާލަންޑް ޗެމްޕިއަންސް ލީގުގައި 50 ގޯލު ހަމަކޮށް ކޭޑީބީގެ ރީޔޫނިއަން ޚަރާބުކޮށްފި

އަބްދުﷲ ޣާނިމް
19 ސެޕްޓެމްބަރު 2025 - 03:15
 ހާލަންޑް ޗެމްޕިއަންސް ލީގުގައި 50 ގޯލު ހަމަކޮށް ކޭޑީބީގެ ރީޔޫނިއަން ޚަރާބުކޮށްފި

މެންޗެސްޓަރ ސިޓީގެ ސްޓްރައިކަރު އާލިންގ ހާލަންޑް ޗެމްޕިއަންސް ލީގުގައި 50 ގޯލު ހަމަކުރުމާއެކު، މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގައި 10 ކުޅުންތެރިންނާއެކު ކުޅުނު ނަޕޯލިއާ ދެކޮޅަށް 2-0 އިން ސިޓީ މޮޅުވެއްޖެއެވެ.

ނަޕޯލީގެ ކެޕްޓަން ޖިއޮވާނީ ޑި ލޮރެންޒޯ ހާލަންޑް އަށް ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކުރި ފައުލަކާއި ގުޅިގެން ރަތް ކާޑު ދެއްކުމާއެކު މެޗުގެ ބޮޑުބައެއް އެޓީމުކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކީގައެވެ. މިއާއެކު ޑިފެންޑަރެއް ނެތްތަން ފޫބައްދަން ނަޕޮލީ އަށް މަޖުބޫރިވީ ސިޓީގެ ކުރީގެ ކުޅުންތެރިޔާ ކޭޑީބީ ދަނޑުން ބާލާށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމެޗުގެ ފުރަތަމަ ގޯލު ހާލަންޑް ޖެހީ މެޗުގެ 56 ވަނަ މިނެޓުގައެވެ. މިއީ ޗެންޕިއަންސް ލީގުގައި ހާލަންޑް ޖެހި 50 ވަނަ ގޯލެވެ. ސިޓީގެ ނަންބަރު 9 ހާލަންޑް ޗެމްޕިއަންސް ލީގުގައި 50 ގޯލު ހަމަކުރީ އެންމެ 49 މެޗުން ކަމަށްވާއިރު، މިއީ މި މުބާރާތުގެ ތާރީހުގައި އެއްވެސް ކުޅުންތެރިއަކު މިހާ އަވަހަށް 50 ގޯލު ހަމަކުރި ފުރަތަމަ ފަހަރެވެ.

ސިޓީގެ ދެވަނަ ގޯލު ޖަހާދީފައިވަނީ ރެއިންޑާސް ގެ އެސިސްޓަކާއެކު ޑޯކޫ އެވެ.

ސިޓީ ދެން ޗެމްޕިއަންސް ލީގުގައި ކުޅޭނީ އޮކްޓޯބަރު 1 ގައި މޮނާކޯއާ ދެކޮޅަށެވެ. ނަމަވެސް މިވަގުތު ޓީމުގެ އަމާޒު ހުރީ އާދިއްތަ ދުވަހު ޕްރިމިއަރ ލީގުގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މުހިންމު މެޗަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮށި ކީހަކުން ގަސް ކީހާލައި، ގަހުކުރިޔަށް އެރިގޮތަށް ފައިބާން ނޭނގި 7 މަސްވީ އެލިފަންޓަށް ފެންބޯންދީފިކުޅިވަރު | 20 ދުވަސް ކުރިންއާސެނަލް ސަޕޯޓަރުންސަޕޯރޓްކުރިނަމަވެސް ޗެލްސީއިން ބުނީ ނޫނެކޭ، ސިޓީއަށް ފަސޭހަކަމާއެކު މެޗުދީފިކުޅިވަރު | މަހެއް ކުރިންސިޓީ ދޫކޮށް ރެއާލް އަށް ގޮސްފާނެކަމުގެ ބިރަށްޓަކައި ރޮޑްރީއަށް ބޮޑު މުސާރައެއް ހުށަހަޅައިފިކުޅިވަރު | މަހެއް ކުރިންއާސްމާނުގައި ތިބި އާސެނަލްގެ ސަޕޯޓަރުންނަށް އަދިވެސް އެޓީމަކީ އަންނައަހަރު އެފްސީކަން ހަނދާކޮށްދީ ސިޓީ ތަށި އުފުލާލައިފިކުޅިވަރު | 2 މަސް ކުރިން