logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސާފް އަންޑަރ 17 ގައި ރާއްޖެ ޕާކިސްތާނުއަތުން ބަލިވެއްޖެ

އަބްދުﷲ ޣާނިމް
19 ސެޕްޓެމްބަރު 2025 - 14:10
ފޮޓޯ: ސާފް
ފޮޓޯ: ސާފް

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ސާފް 17 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭގެ މައްޗަށް 5-2 އިން ކުރިހޯދައި، ޕާކިސްތާނުން މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

ހަތަރު ޓީމު ވާދަކުރާ ގްރޫޕް ބީގައި ޕާކިސްތާނުން ކުޅުނު ފުރަތަމަ މެޗުގައި 4-0 އިން ބޫޓާން އަތުން މޮޅުވިއިރު، ރާއްޖެ ވަނީ ފުރަތަމަ މެޗުގައި 6-0 އިން އިންޑިއާ އަތުން ބަލިވެފަ އެވެ. މިރޭ ބޫޓާން އަތުން އިންޑިއާ މޮޅުވެއްޖެނަމަ، ބާކީ ކޮންމެ ޓީމަކަށް މެޗެއް އޮއްވައި، މި ގްރޫޕުން ސެމީގެ ޖާގަތައް އިންޑިއާ އާއި ޕާކިސްތާނަށް ލިބިގެންދާނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ޕާކިސްތާނުގެ މަންސޫރު އަހުމަދު ވަނީ 12 ވަނަ މިނިޓްގައި ފުރަތަމަ ލަނޑު ޖަހައި، 32 ވަނަ މިނިޓްގައި ދެވަނަ ލަނޑު ޖަހައިފައެވެ. ރާއްޖޭގެ އަލީ އިލާން ވަނީ 42 ވަނަ މިނިޓްގައި ވޮލީއަކުން ރާއްޖޭގެ ފުރަތަމަ ލަނޑު ޖަހައިފައެވެ.

551009602_1216470280524122_6742447026425327233_n.jpg

މިއަދުގެ މެޗުގައި ފުރަތަމަ 11. ފޮޓޯ: ސާފް

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕާކިސްތާނުން އިތުރު ދެ ގޯލު ޖެހިއެވެ. މަންސޫރު އަހުމަދު ޕެނަލްޓީއަކުން ހެޓްރިކް ފުރިހަމަކުރިއިރު، އިތުރު ވަގުތުގައި މުހައްމަދު އަބްދުﷲ ވަނީ ލަނޑެއް ޖަހައިފައެވެ.

މެޗުގެ 61 ވަނަ މިނިޓްގައި މުހައްމަދު އަބްދުﷲ ޕެނަލްޓީއަކުން ޕާކިސްތާނުގެ ފަސްވަނަ ލަނޑު ޖެހިއެވެ. ރާއްޖޭގެ ދެވަނަ ލަނޑު 71 ވަނަ މިނިޓްގައި މުހައްމަދު ޝަޔާން ޝިފާއު ކޯނަރ ކިކަކުން އައި ބޯޅައަކަށް ބޮލުން ޖެހުމުން ވަނީ ލިބިފައެވެ.

މިބައްޔާއެކު ރާއްޖެއަށް މި ގްރޫޕްގައި ކުރިޔަށް ދިޔުމުގެ ފުރުސަތު މުޅިންހެން ވަނީ ބަންދުވެފައެވެ.

ގްރޫޕްގެ ފަހު މެޗުގައި ރާއްޖެއިން ހޯމަ ދުވަހުގެ ރޭ ބޫޓާނާ ދެކޮޅަށް ކުޅޭނެއެވެ. އަދި މިގްރޫޕްގައި އިންޑިޔާ އާއި ޕާކިސްތާނު ވެސް އެދުވަހުގެ ހަވީރުގައި ކުޅޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައު ތިން ކުޅުންތެރިންނާއެކު ޤައުމީ ސްކޮޑްގެ އިޢުލާނުކޮށްފިކުޅިވަރު | 3 ގަޑިއިރު ކުރިންރާއްޖެ ތަޖިކިސްތާނު އަތުން ބަލިވެއްޖެކުޅިވަރު | މަހެއް ކުރިންހަތަރު އަހަރުފަހުން ޤައުމީ ޓީމު ގަލޮޅު ދަނޑަށް ނިކުންނަނީކުޅިވަރު | މަހެއް ކުރިންޤައުމީ ޓީމުގެ ކުޅުންތެރިންނާއެކު ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވަނީކުޅިވަރު | މަހެއް ކުރިން