logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގައި ވޭޕް މަނާކޮށް ދުންފަތުގެ ޑިއުޓީ ބޮޑުކުރުމަކީ މިސަރުކާރުން ނިންމި އެންމެ ހަރުދަނާ އެއްނިންމުން: މަހްލޫފް

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ސެޕްޓެމްބަރު 2025 - 17:59
ވޭޕް މަނާކޮށް ދުންފަތުގެ ޑިއުޓީ ބޮޑުކުރުމަކީ މިސަރުކާރުގެ އެންމެ ހަރުދަނާ އެއްނިންމުން: މަހްލޫފް

ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކޮށް ދުންފަތުގެ ޑިއުޓީ ބޮޑުކުރުމަކީ މި ސަރުކާރުން ނިންމެވި އެންމެ ހަރުދަނާ އެއް ނިންމުން ކަމަށް ކުރީގެ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވެފައި ވަނީ މިއަދު ސޯޝަލް މީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދާދިފަހުން އިދިކޮޅު އެމްޑީޕީއާއި ފެޔަށް ޖެހިވަޑައިގެންފައިވާ މަހްލޫފްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ރާއްޖޭގައި ވޭޕް މަނާކޮށް އަދި ދުންފަތުގެ ޑިއުޓީ ބޮޑުކުރުމަކީ މިސަރުކާރުން ނިންމި އެންމެ ހަރުދަނާ އެއް ނިންމުމެވެ.

"މިވަގުތަށް އެއްބަޔަކު ހިތްހަމަ ނުޖެހުނަސް، މީގެ މަސްތަކެއް ނޫނީ އަހަރުތަކެއް ފަހުން، މިނިންމުމާއެކު ވޭޕުކޮށް އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލި އެތައް ހާސް ޒުވާނުން އެކަމާމެދު އުފާކުރާނެ،" މަހްލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން، މަހްލޫފް ވަނީ މި ނިންމުމުގެ ސަބަބުން ލިބޭނެ ފައިދާތަކަށް އަލިއަޅުވާލައްވާފައެވެ. އޭނާ ވިދާޅުވީ، މި ނިންމުމާއެކު ކޮންމެ މަހަކު ދުންފަތަށް އިސްރާފުކުރަމުންދިޔަ އެތައް ހާސް ރުފިޔާއެއް ސަލާމަތްކުރެވޭނެ ކަމަށެވެ. އަދި ވޭޕުގެ އަވައިގައި މަސްތުގެ މަގަށް ގެއްލެމުންދިޔަ އެތައް ކުޑަކުދިންނެއް ސަލާމަތްކުރެވޭނެ ކަމަށްވެސް މަހްލޫފްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

މި ނިންމުމުގެ ދިގު ރާސްތާގެ ފައިދާތަކަށް ބަލާއިރު، މިއީ ރައްޔިތުންގެ ސިއްހަތާއި އިޖުތިމާޢީ ސަލާމަތަށްޓަކައި މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް ބިނާކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކަނޑައެޅި ޖެނެރޭޝަނަލް ބޭންއަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ވަނީ ތައުރީފްކޮށްފައެވެ. އަދި ރައީސް ޑރ. މުހައްމަދު، ދިވެހިރާއްޖޭގައި ދުންފަތާއި ދެކޮޅަށް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާއި، ކުރަށްވަމުން ގެންދަވާ މަސައްކަތްޕުޅުގެ އަގުވަޒަން ކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ދެއްވާ ހާއްސަ އެވޯޑު ވެސް ވަނީ އެމަނިކުފާނަށް އަރުވާފައެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަގީގަތަކީ އެމްޑީޕީން އުފާފާޅުކުރަން ތިއްބާ، 581 ގޮނޑިއާއެކު އިންތިޚާބު ކާމިޔާބުކުރީ ޕީއެންސީން: މަހުލޫފްޚަބަރު | 3 ދުވަސް ކުރިންލޯކަލް އިންތިޚާބު ކާމިޔާބުކުރީ ޕީއެންސީން: މަހްލޫފްޚަބަރު | 4 ދުވަސް ކުރިންދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން އެމްޑީޕީ އިން ދެކޮޅު ހަދަނީ ރައީސް ނިންމެވި ކަމަކަށްވާތީ: މަހްލޫފްޚަބަރު | މަހެއް ކުރިން''އުމައިރު އެވޯޑަށް ނޮމިނޭޓުވީ ރައީސްގެ ދަރިކަލަކަށް ވީތީއެއް ނޫން، އެއީ ކުރި ބުރަ މަސައްކަތުގެ ނަތީޖާ''ޚަބަރު | 2 މަސް ކުރިން