logo
Bank of Maldives

Bank of Maldives

ޚަބަރު

ބިލެތްދޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފި

ނުހާ އަޙްމަދު
20 ސެޕްޓެމްބަރު 2025 - 10:52
ބިލެތްދޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފި

ފ. ބިލެތްދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ، ފ. އަތޮޅުގެ ހުރިހާ ރަށަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބިލެއްދޫއަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސްގެ މި ދަތުރުފުޅަކީ އަތޮޅުތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެމީހުންގެ ދިރިއުޅުމަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ސަރުކާރުގެ ވައުދު ފުއްދެވުމުގެ ތެރެއިން ކުރިއަށްދާ މުހިންމު ދަތުރުފުޅެކެވެ.

މި ހިދުމަތް ފައްޓަވާ ދެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒުގެ އަރިހުގައި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި، ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްވެސް ބައިވެރިވެވަޑައިގަތެވެ. މި ހިދުމަތް ފެއްޓެވުމަށް ފަހު، ރައީސް ވަނީ ހަނދާނީ ފިލައެއް ބިލެއްދޫ ކައުންސިލާ ހަވާލު ކުރައްވައިފައެވެ.

a12d40a1-50c3-475e-803c-7aea7869a4cf.jfif

 

މި އޭޓީއެމް ހިދުމަތް ގާއިމްކުރުމާއެކު، ބިލެތްދޫގެ ރައްޔިތުންނަށް ދެން 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުން، އަދި ފައިސާ ފޮނުވުންފަދަ ބޭންކިންގް ހިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. މީގެ ސަބަބުން ބޭންކިންގް ހިދުމަތްތަކަށްޓަކައި އެހެން ރަށްރަށަށް ދަތުރުކުރުމުގެ ބުރަ ބިލެއްދޫ ރައްޔިތުންނަށް ކުޑަވެގެންދާނެއެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 12 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ގާއިމްކޮށް ހިދުމަތް ދޭންފަށާފައެވެ. އެންމެ ފަހުން އޭޓީއެމްގެ ހިދުމަތް ގާއިމްކޮށް ނިންމާފައިވަނީ ވ.އަތޮޅުގައެވެ.

އިގްތިސާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއު ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާއިރު، ބޭންކުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މިމަޝްރޫޢު އެއްކޮށް ނިންމާލުމެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 163 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 222 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާބާދީ ދަށްވިޔަނުދޭން ބިލެތްދޫއިން އެޅި ފިޔަވަޅު: ވަކިވާނަމަ 5،000ރ.، ގުޅޭނަމަ 2،500ރޚަބަރު | ގަޑިއިރެއް ކުރިންގައުމީ ފެންވަރުގައި ގައުމީ އިހްތިރާމް އަދާކުރާ ދުވަހެއް ފާހަގަ ކުރަނީޚަބަރު | 14 ގަޑިއިރު ކުރިންފޯޅަވަހީގެ ސިޔާދަތީ މައްސަލައިގައި އިނގިރޭސިވިލާތާއެކު ރަސްމީ ވާހަކަތައް ފެށުމަށް ރައީސް ދަޢުވަތު ދެއްވައިފިޚަބަރު | 2 ދުވަސް ކުރިންޢަމަލާއި ބަހުންވެސް ޤައުމާމެދު އިޚްލާޞްތެރިކަން ދެއްކުމަށް ރައީސް އިލްތިމާސްކުރައްވައިފިޚަބަރު | 2 ދުވަސް ކުރިން