logo
ސަފާރީއެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވަނީBank of Maldives

Bank of Maldives

ޚަބަރު

ބިލެތްދޫގެ ބިން ބޮޑުކުރުމަށްޓަކައި ހިއްކެން އޮތް އެންމެ ބޮޑުމިނަކަށް ބިން ހިއްކައިދޭނަން: ރައީސް

ޝަހްޒާ މުހައްމަދު
20 ސެޕްޓެމްބަރު 2025 - 11:12
ބިލެތްދޫގެ ބިން ބޮޑުކުރުމަށްޓަކައި ހިއްކެން އޮތް އެންމެ ބޮޑުމިނަކަށް ބިން ހިއްކައިދޭނަން: ރައީސް

ފ. ބިލެތްދޫގައި ކުރިއަށްގެންދާ ބަނދަރު މަޝްރޫއުގެ ތެރޭގައި ހިމަނައިގެން އެ ރަށު ބިން ހިއްކެން އޮތް އެންމެ ބޮޑުމިނަކަށް ހިއްކައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ފ. ބިލެތްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ފ. ބިލެތްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ, ރަށުގައި އަލަށް ފެށި މަޝްރޫޢުތައް ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކާ ގުޅިގެން ވަރަށް ބާރު ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބިލެތްދޫގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ޚާއްސަ އިސްކަމެއްދެއްވާނެ ކަމަށެވެ. އެގޮތުން ބަނދަރުގެ މަސައްކަތް ކުރިއަށްގެންދާނީ ރައްޔިތުން އެދޭ ގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ބައެއްގެ ގޮތުގައި ހިމަނުއްވައިގެން ބިން ބޮޑުކުރުމަށްޓަކައި ހިއްކެން އޮތް އެންމެ ބޮޑަކަށް ފަޅު ހިއްކައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"މިރަށުގެ ފަޅުތެރެއިން ހިއްކެން އޮތް އެންމެ ބޮޑުމިނަކަށް ހިއްކައިދިނުމުގެ މަށްރޫއެއް އަޅުގަނޑުމެން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަރުވަަން، ރަށަށް ބިން އިތުރުކުރެވޭނެ ވަރަކަށް އިތުރު ކޮށްދޭނަން. އެމްޓީސީސީން މި މަސައްކަތް ނިންމާފައި ރަށުން ފައިބައިގެން ދާނީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާއިރު ބިލެތްދޫގައި އިތުރު މަޝްރޫޢުތަައް ކުރިއަށްގެންދިއުމަށް ވިސްނަވާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އެ ގޮތުން އޭޓީއެމްގެ ޚިދުމަތާއެކު އެތައް ހަރަދެއްކޮށްފައި ރަށުން ބޭރަށް ގޮސް، ޚިދުމަތް ހޯދުން ނިމުމަކަށް އަންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ބިލެތްދުއަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި ފުލުހުންގެ މަރުކަޒުގެ އައު އިމާރާތާއި ޞިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތާއި ބަނދަރު އަޕްގްރޭޑްކުރުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓެވުމުގެ އިތުރުން، އޭޓީއެމްގެ ޚިދުމަތްވެސް ވަނީ ފައްޓަވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ އަހަރު ސައިބަރ ކުށްތައް ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހަދަނީޚަބަރު | 15 ގަޑިއިރު ކުރިންޑިޖިޓަލް އިކޮނޮމީއަކީ ޖީ.ޑީ.ޕީގެ ބޮޑު ހިއްސާއަކަށް ހަދަން ޒުވާނުންގެ ދައުރު މުހިންމު: ރައީސްޚަބަރު | 17 ގަޑިއިރު ކުރިންޒުވާނުންގެ އަޑު އަހާނަން، އެއީ ޤައުމު ކުރިއެރުވުމުގައި އެންމެ މުހިއްމު ބައިވެރިން: ރައީސްޚަބަރު | ދުވަހެއް ކުރިންނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުން މިރޭ؛ ރައީސް ބައިވެރިވެވަޑައިގަންނަވާނެ!ޚަބަރު | 2 ދުވަސް ކުރިން