logo
Bank of Maldives

Bank of Maldives

ޚަބަރު

މިމަހުގެ 21 ގެ ފަހުން އިމްޕޯޓް އެކްސްޕޯޓް ހިދުމަތްތައް ލިބޭނީ ހަމައެކަނި ޓްރޭޑިއަން ޕޯޓަލްއިން

ޝަހްޒާ މުހައްމަދު
20 ސެޕްޓެމްބަރު 2025 - 11:17
މިމަހުގެ 21 ގެ ފަހުން އިމްޕޯޓް އެކްސްޕޯޓް ހިދުމަތްތައް ލިބޭނީ ހަމައެކަނި ޓްރޭޑިއަން ޕޯޓަލްއިން

މިމަހުގެ 21 ވަނަ ދުވަހުގެ ފަހުން އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި އެންމެހައި ޚިދުމަތްތައް ލިބެން ހުންނާނީ ހަމައެކަނި "ޓްރޭޑިއަން" ޕޯޓަލް މެދުވެރިކޮށްކަމަށް ޓްރޭޑް ނެޓުން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޓްރޭޑް ނެޓްގެ ޖެނެރަލް މެނޭޖަރ އައިސީޓީ އަހްމަދު ސަމޫން ވިދާޅުވި ގޮތުގައި، މިހާރު ޓްރޭޑިއަން ޕޯޓަލްގައި 17 އެޖެންސީ ހަރަކާތްތެރިވަމުންދެއެވެ. އަދި މިމަހުގެ 21 ގެ ފަހުން އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި ހިދުމަތްތައް ލިބޭނީ ހަމައެކަނި މި ޕޯޓަލް މެދުވެރިކޮށް ކަމަށްވުމާއެކު،ހިދުމަތް ހޯދާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ރަޖިސްޓްރީކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނެޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" އަކީ ދިވެހި ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމަކީ އިމްޕޯޓް، އެކްސްޕޯޓް ވިޔަފާރީގެ ބޭނުންތަކަށް އެކި އިދާރާތަކުން ހޯދަންޖެހޭ ޚިދުމަތްތައް، އޮންލައިންކޮށް އެއް ޕްލެޓްފޯމެއްގެ ތެރެއިން ލިބޭނެގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.

ކަޓްއޮފްގެ މާނައަކީ 21 ސެޕްޓެމްބަރުގެ ފަހުން ޓްރޭޑިއަން ސިސްޓަމް ތެރެއިންނޭ އެޕްލިކޭޝަންސްތައް ބަލައިގަނާނެކަމަށް ސަމޫން ވިދާޅުވިއެވެ.

ޓްރޭޑިއަން ޕޯޓަލްގައި ރަޖިސްޓްރީވުމަށް ހުޅުވާލީ މިއަހަރުގެ އޭޕްރީލް 20 ގައެވެ. މިހާތަނަށް 58 އަށްވުރެ ގިނަ ޝިޕިން އެޖެންޓުންނާއި 70 އަށްވުރެ ގިނަ ފްރައިޓް ފޯވާޑަރުން ވަނީ ރަޖިސްޓްރީވެފައެވެ. މި ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ފަށައިފިޚަބަރު | 19 ދުވަސް ކުރިންރަސްމާލެ: ރާއްޖޭގެ ތަރައްގީ އައު މަރުހަލާއަކަށް ފުރޮޅާލާނެ ހަގީގަތަކަށް ހެދޭނެ މަޝްރޫޢުއެއްރިޕޯޓް | 3 މަސް ކުރިންމިމަހުގެ 21 ގެ ފަހުން އިމްޕޯޓް އެކްސްޕޯޓް ހިދުމަތްތައް ލިބޭނީ ހަމައެކަނި ޓްރޭޑިއަން ޕޯޓަލްއިންޚަބަރު | 6 މަސް ކުރިންވީއައިއޭގެ ބިޒަނަސް "ކޮވެލި ލައުންޖް" ރަސްމީކޮށް ހުޅުވައިފިޚަބަރު | 6 މަސް ކުރިން