logo
Bank of Maldives

Bank of Maldives

ވިޔަފާރި

ވިޔަފަރީ ރަޖިސްޓްރޭޝަން ކޯލްތަކުގައި އިންތިޒާރުކުރަންޖެހޭ ވަގުތު ދެ މިނެޓަށް ކުޑަކުރެވިއްޖެ: މިނިސްޓްރީ

އަޙުމަދު ރިޝާން
27 ޖޫން 2026 - 10:15
ގްރެފިކްސް/ އިކޮނޮމިކް މިނިސްޓްރީ
ގްރެފިކްސް/ އިކޮނޮމިކް މިނިސްޓްރީ

ވިޔަފަރީ ރަޖިސްޓްރޭޝަން ކޯލްތަކަށް މީހުން އިންތިޒާރުކުރަންޖެހޭ ވަގުތު ދެ މިނެޓަށް ކުޑަކުރެވިއްޖެ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބިޒްނަސް ރަޖިސްޓްރޭޝަން ކޯލް ސެންޓަރަށް ލިބުނު 99 އިންސައްތައަށް ކޯލުތަކަށް ޖަވާބުދީފައިވާ ކަމަށެވެ. އަދި ކޯލްތަކަށް ޖަވާބުދިނުމުގައި ކަސްޓަމަރުން ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ކާމިޔާބުކަމާ އެކު ފޯރުކޮށްދީފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މިނިސްޓްރީގެ ތަފާސްހިސާބަށް ބަލާއިރު، 2026 ޖޫން 1 އިން 15 އަށް އެ ސެންޓަރަށް 1,500 އަށްވުރެ ގިނަ ފޯނު ކޯލް ވަނީ ލިބިފަ އެވެ. މީގެ ތެރެއިން 99 އިންސައްތައަށް ވުރެ ގިނަ ކޯލްތަކަށް އެކަށީގެންވާ ޖަވާބުދީފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ. އެ މިނިސްޓްރީން ބުނީ މިފަދަ ކުރިއެރުމެއް ލިބުނީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރި ބުރަމަސައްކަތުން ކަމަށެވެ. އަދި މިއީ ކަސްޓަމަރުންނަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރެ އެވެ.

މި ކޯލް ސެންޓަރު މެދުވެރިކޮށް މައިގަނޑު ގޮތެއްގައި ފޯރުކޮށްދެނީ ވިޔަފާރިތައް އަލަށް ރަޖިސްޓްރީ ކުރުމާއި، ވިޔަފާރީގެ ރެކޯޑުތައް އަދަދު ހާމަކުރުމުގެ މަޢުލޫމާތެވެ. މީގެ އިތުރުން، އެކި ބާވަތުގެ ވިޔަފާރިތަކަށް ބޭނުންވާ ހާއްސަ ހުއްދަތައް ހޯދުމާއި ވިޔަފާރިތަކާ ގުޅުންހުރި އެހެނިހެން ލަފަޔާއި އިރުޝާދު ފޯރުކޮށްދިނުން ވެސް ހިމެނެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިޔަފަރީ ރަޖިސްޓްރޭޝަން ކޯލްތަކުގައި އިންތިޒާރުކުރަންޖެހޭ ވަގުތު ދެ މިނެޓަށް ކުޑަކުރެވިއްޖެ: މިނިސްޓްރީވިޔަފާރި | 2 ގަޑިއިރު ކުރިންރާއްޖެއަށް "ޕޭޕަލް" ގެ ހިދުމަތް ތައާރަފްކޮށްފިޚަބަރު | 12 ދުވަސް ކުރިންއައްޑޫ ބިޒްނަސް ޑައިލޮގް: ދެކުނުގެ އިޤްތިޞާދު ކުރިއެރުވުމަށް ބޭއްވޭ ތާރީޚީ ބައްދަލުވުމެއްޚަބަރު | 2 މަސް ކުރިންއައްޑޫ ބިޒްނަސް ޑައިލޮގުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 2 މަސް ކުރިން