logo
Bank of Maldives

Bank of Maldives

ޚަބަރު

ބިލެތްދޫ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

ނުހާ އަޙްމަދު
20 ސެޕްޓެމްބަރު 2025 - 12:20
ބިލެތްދޫ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

ފ. ބިލެތްދޫ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

ބިލެތްދޫ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބިލެތްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

ބިލެތްދޫ މަގުތައް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީއެވެ.

ބިލެތްދޫ މަގުހެދުމުގެ މަޝްރޫއަކީ 91.2 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 720 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ.

1300 މީހުންގެ އާބާދީއެއް އޮންނަ ބިލެތްދޫ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި އާންމުގޮތެއްގައި ކޮށްއުޅެނީ ފާނަމަސްވެރިކަމެވެ. ބިލެތްދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުމަކީ، ވިއްސާރަ މޫސުން އަތުވެއްޖެ ނަމަ، މަގުތަކުގައި ޗަކަ ހެދި ހިނގާ މީހުންނާއި ދުއްވާ ތަކެއްޗަށް އެކަމުގެ ދަތިކަން ފޯރަމުންދާ މައްސަލައެކެވެ.

މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ޒަމާނީ ރަނގަޅު ފެންވަރުގެ މަގުތަކެއް ބިލެތްދޫ ރައްޔިތުންނަށް ބޭނުންކުރުމަށް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާބާދީ ދަށްވިޔަނުދޭން ބިލެތްދޫއިން އެޅި ފިޔަވަޅު: ވަކިވާނަމަ 5،000ރ.، ގުޅޭނަމަ 2،500ރޚަބަރު | 44 މިނިޓު ކުރިންގައުމީ ފެންވަރުގައި ގައުމީ އިހްތިރާމް އަދާކުރާ ދުވަހެއް ފާހަގަ ކުރަނީޚަބަރު | 14 ގަޑިއިރު ކުރިންއެމްޓީޑީސީގެ ޗެއާމަންގެ މަޤާމަށް އަޙްމަދު ޝަހީރު އައްޔަންކުރައްވައިފިޚަބަރު | ދުވަހެއް ކުރިންފޯޅަވަހީގެ ސިޔާދަތީ މައްސަލައިގައި އިނގިރޭސިވިލާތާއެކު ރަސްމީ ވާހަކަތައް ފެށުމަށް ރައީސް ދަޢުވަތު ދެއްވައިފިޚަބަރު | 2 ދުވަސް ކުރިން