logo
Bank of Maldives

Bank of Maldives

ޚަބަރު

ބިލެތްދޫގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ނުހާ އަޙްމަދު
20 ސެޕްޓެމްބަރު 2025 - 12:46
ފޮޓޯ--// ރައީސް އޮފީސް
ފޮޓޯ--// ރައީސް އޮފީސް

ފ.ބިލެތްދޫގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ބައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފ. ބިލެތްދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ރައީސް އޮފީހުން ބުނީ، ބިލެތްދޫ ސްކޫލްގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އެރަށު ކައުންސިލުން، ރައްޔިތުން އެދޭގޮތަށް ރަށުގެ ބަނދަރު ނިންމަވައި ދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފައިވާ ކަމަށެވެ. ރަށުގެ ބިންހިއްކުމުގެ މަޝްރޫއު އަވަސް ކޮށްދެއްވުމަށާއި، ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންފައިވާކަމަަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާބާދީ ދަށްވިޔަނުދޭން ބިލެތްދޫއިން އެޅި ފިޔަވަޅު: ވަކިވާނަމަ 5،000ރ.، ގުޅޭނަމަ 2،500ރޚަބަރު | 44 މިނިޓު ކުރިންގައުމީ ފެންވަރުގައި ގައުމީ އިހްތިރާމް އަދާކުރާ ދުވަހެއް ފާހަގަ ކުރަނީޚަބަރު | 14 ގަޑިއިރު ކުރިންފޯޅަވަހީގެ ސިޔާދަތީ މައްސަލައިގައި އިނގިރޭސިވިލާތާއެކު ރަސްމީ ވާހަކަތައް ފެށުމަށް ރައީސް ދަޢުވަތު ދެއްވައިފިޚަބަރު | 2 ދުވަސް ކުރިންޢަމަލާއި ބަހުންވެސް ޤައުމާމެދު އިޚްލާޞްތެރިކަން ދެއްކުމަށް ރައީސް އިލްތިމާސްކުރައްވައިފިޚަބަރު | 2 ދުވަސް ކުރިން