logo
Bank of Maldives

Bank of Maldives

ޚަބަރު

މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގައި ތައުލީމީ ދާއިރާ މުހިންމުދައުރެއް އަދާކުރޭ : ވަޒީރު ޑރ. ހައިދަރު

ޝަހްޒާ މުހައްމަދު
21 ސެޕްޓެމްބަރު 2025 - 06:23
މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގައި ތައުލީމީ ދާއިރާ މުހިންމުދައުރެއް އަދާކުރޭ :ވަޒީރު ޑރ. ހައިދަރު

މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކަލާ ކުރިމަތިލުމުގައި ތައުލީމުގެ މުހިންމުކަމާ ގުޅޭގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަޙްމަދު, "ކްރިއޭޓިވް އެޑިއުކޭޝަން ސަމިޓް 2025" ގައި ވާހަކަފުޅު ދައްކަވައިފިއެވެ.

ރާއްޖެއަކީ އެވްރެޖްކޮށް ކަނޑުގެ ލޮނުގަނޑުން 1.5 މީޓަރު އުސްމިނުގައި އޮންނަ، 1000 އަށްވުރެ ގިނަ ރަށްތަކެއް ހިމެނޭ ގައުމެއްކަން މިނިސްޓަރު ފަހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންމެ އެކަހެރި ރަށްތަކުގައި ދިރިއުޅޭ ކުދިންނަށް ވެސް ތައުލީމު ލިބޭނެ މަގު ތަނަވަސްކޮށްދިނުމާއި، ރަށްރަށުގައި މަސައްކަތްކުރާ މުދައްރިސުންގެ ތަމްރީނާއި ކުރިއެރުމަށް ބައިނަލްއަގްވާމީ އެހީތެރިކަން ހޯދުމާއި، އިއާދަކުރަނިވި ހަކަތައާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ނޫ އިގްތިސާދުގެ ދާއިރާތަކުން ޒުވާނުން ބާރުވެރިކުރުވުމުގެ މައްޗަށް ވެސް މިނިސްޓަރު އަލިއަޅުވާލެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖެ ފަދަ ޤައުމުތަކަށް، މި ގޮންޖެހުންތަކާ ކުރިމަތިލާއިރު ތައުލީމީ ދާއިރާއަށް ކުރާ އިންވެސްޓްމަންޓަކީ ދުނިޔޭގެ އެންމެންގެ ޒިންމާއެއްގެ ގޮތުގައި ދެކެންޖެހޭ ކަމެއްކަމަށެވެ.

އަދި މިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމަށާއި، ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމަށް ކޮންމެހެން މުހިންމު ކަމެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސަމިޓަކީ ތައުލީމީ ދާއިރާގައި ކުރިމަތިވާ ގޮންޖެހުންތަކާއި، އޭގެ ހައްލުތައް ހޯދުމަށް ބައިނަލްއަގްވާމީ ފެންވަރުގައި މަޝްވަރާކުރުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގައި ތައުލީމީ ދާއިރާ މުހިންމުދައުރެއް އަދާކުރޭ :ވަޒީރު ޑރ. ހައިދަރުޚަބަރު | 2 މަސް ކުރިންމިނިމަމް ވޭޖް މުރާޖައާ ކުރަން ހަދާ ސާވޭ މި އަހަރުގެ ޑިސެމްބަރަށް ނިމޭނެ: ވަޒީރުޚަބަރު | 4 މަސް ކުރިންސަރުކާރުން ދޫކުރި ސްޓޫޑެންޓް ލޯން އަނބުރާ ދައްކަނީ 40 އިންސައްތަ ދަރިވަރުން: ވަޒީރުޚަބަރު | 6 މަސް ކުރިންރާއްޖެ އަކީ މަތީ ތަޢުލީމު އެކްސްޕޯޓް ކުރާ ޤައުމަކަށް ހެދުމަކީ މުހިއްމު ކަމެއްޚަބަރު | 7 މަސް ކުރިން