logo
Bank of Maldives

Bank of Maldives

ޚަބަރު

މަތީ ތައުލީމާބެހޭ ވަޒީރު، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފި

އިސްމާޢިލް ރާތިޢު
12 ޖެނުއަރީ 2026 - 11:58
މަތީ ތައުލީމާބެހޭ ވަޒީރު، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފި

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރުތައް ގާއިމުކުރުމާ ގުޅިގެން ކުރަންހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދު، މަރުކަޒުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރުތައް ރަޖިސްޓްރީކުރުމަށާއި، މި ސެންޓަރުތަކުގައި ޚިދުމަތް ދިނުމުގެ އިޖުރާއަތްތައް ފުރިހަމަކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފައި ވެއެވެ. މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މުޅި ދިވެހިރާއްޖެއަށް ކީރިތި ޤުރުއާން ކިޔަވައިދިނުމާއި، ޙިފްޡްކޮށްދިނުމުގެ ޕްރޮގްރާމް ފުޅާދާއިރާއެއްގައި ހިންގުމަށް ކުރަމުންދާ މަސައްކަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސިޔާސަތުގެ ދަށުން، ރައްޖޭގެ އެކި ކަންކޮޅުގައި ތަރައްގީކުރެވޭ އިސްލާމީ މަރުކަޒުތަކުގައި، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ހުޅުވުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ.

މިފަދަ ސެންޓަރުތައް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމަށް ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒަށް ބޭނުންވާ އެއްބާރުލުން ފޯރުކޮށްދިިނުމަށް މަތީ ތަޢުލީމާއި ބެހޭ ވުޒާރާ އިން ދަނީ އެ މަރުކަޒާއި ގުޅިގެން މަސައްކަތްކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މައްކާގައި އޮންނަ ޤުރުއާން މުބާރާތެއްގައި ރާއްޖެ ތަމްސީލްކުރާނެ ބައިވެރިން ހޯދަން އިއުލާންކޮށްފިޚަބަރު | މަހެއް ކުރިން38 ވަނަ ގައުމީ ގުރުއާން މުބާރާތުގެ އޮޑިޝަން ބުރުގައި 3053 ބައިވެރިންޚަބަރު | މަހެއް ކުރިންގައުމީ ގުރުއާން މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 2 މަސް ކުރިންއޮޑިޝަން ބުރަކާއެކު، ޤައުމީ ޤުރްއާން މުބާރާތަށް ބަދަލުތަކެއްޚަބަރު | 3 މަސް ކުރިން