logo
މަސްދޯންޏެއްގައި ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

ކާބޯތަކެތި ތައްޔާރުކުރާ ތަންތަން އިންސްޕެކްޓްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

އާމިނަތު ޝަފާ
21 ސެޕްޓެމްބަރު 2025 - 17:14
ކާބޯތަކެތި ތައްޔާރުކުރާ ތަންތަން އިންސްޕެކްޓްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

މޯލްޑިވްސް ފްޑް އެންޑް ޑްރަގް އޮތޯރިޓީއާއި މާލެ ސިޓީ ކައުންސިލާއި، އެޗްޑީސީ ގުޅިގެން މާލެ ސަރަހައްދުގައި ހުރި ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓް ކުރުމުގެ ޖޮއިންޓް އޮޕަރޭޝަނެއް ފަށައިފިއެވެ.

އެ އޮތޯރިޓީން ބުނީ މާލެ ސިޓީ ކައުންސިލާ ގުޅިގެން މާލެ ، ވިލިމާލޭގައި ހުރި ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓް ކުރުމުގެ ޖޮއިންޓް އޮޕަރޭޝަނެއް ފަށާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation


މިއޮޕަރޭޝަންގައި އިންސްޕެކްޓް ކުރަން ހަމަޖެހިފައިވަނީ ސައިހޮޓާ ، ކެފޭ ، ރެސްޓޯރެންޓް ، ޓޭކްއަވޭ ތަންތަނުގެ އިތުރުން ކާބޮތަކެތީގެ ޙިދުމަތް ދިނުމަށް އެމް.އެފް.ޑީ.އޭ އިން ހުއްދަ ދީފައިވާ އެހެނިހެން ތަންތަނާއި އެމް.އެފް.ޑީ.އޭ ގެ ހުއްދަ ނުނަގާ ގަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނެވެ.


މިއޮޕަރޭޝަންގެ ތެރެއިން އެމް.އެފް.ޑީ.އޭ ގެ ހުއްދަ ނުނަގާ ގަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ސާފުތާހިރުކަން ކުޑަގޮތަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ނޯޓިސްދީ ބަންދު ކުރުމަށް ވަނީ ހަމަޖެހިފައިކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.


މިއޮޕަރޭޝަން ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރ 21 އިން 25 އަށް ކަމަށްވިޔަސް، ބަލަންޖެހޭ ވަރަށް ގިނަ ތަންތަން ހުރުމާއި ގުޅިގެން މުއްދަތު އިތުރުވުން އެކަށީގެންވާކަމަށާއި މިއޮޕަރޭޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މާލެ 6 ނެއިބަރހުޑަކަށް ބަހައިގެން، ކޮންމެ ނެއިބަރހުޑަކަށް އެމް.އެފް.ޑީ.އޭ އާއި މާލެސިޓީ ކައުންސިލްގެ ޖޮއިންޓް ޓީމެއް ފޮނުވައިގެންކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

އަދި މާލޭގައި ހުރި ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓްކޮށް ނިމުމުން ވިލިމާލޭގައ ހުރި ތަންތަން އިންސްޕެކްޓް ކުރާގޮތަށް ވަނީ ހަމަޖެހިފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯވި މަސްދޯނީގެ ބައެއް ތަކެތި އޮޔާދާތީ ސަމާލުވާން އެދިއްޖެޚަބަރު | 3 ގަޑިއިރު ކުރިންވިހަ ހިމެނޭ ކޯފް ސިރަޕް ރާއްޖެ އެތެރެކޮށްފައެއް ނުވޭ: އެމްއެފްޑީއޭޚަބަރު | 4 މަސް ކުރިންކާބޯތަކެތީގެ ހިދުމަތް ދިނުމުގެ މިންގަނޑަށް ނުފެތޭ 70 ތަނެއް ބަންދުކޮށްފިޚަބަރު | 4 މަސް ކުރިންކާބޯތަކެތި ތައްޔާރުކުރާ ތަންތަން އިންސްޕެކްޓްކުރުމުގެ އޮޕަރޭޝަނެއް ފަށައިފިޚަބަރު | 5 މަސް ކުރިން