logo
Bank of Maldives

Bank of Maldives

ޚަބަރު

ރޯވި މަސްދޯނީގެ ބައެއް ތަކެތި އޮޔާދާތީ ސަމާލުވާން އެދިއްޖެ

އައިޝަތު ނަޝާ
14 ފެބްރުއަރީ 2026 - 16:12
ރޯވި މަސްދޯނީގެ ބައެއް ތަކެތި އޮޔާދާތީ ސަމާލުވާން އެދިއްޖެ

15 މީހުންނާއެކު ކ. ދޫނިދޫ ކައިރިން ދަތުރުކުރަމުންދަނިކޮށް އަލިފާން ރޯވި މަސްދޯނީގެ ބައެއް ބައިތައް އޮޔާދާތީވެ، އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.

މި ހާދިސާ ހިނގީ މިއަދު މެންދުރު ފަހު 14:54 ހާއިރުއެވެ. "ފްރެޝް ފްރޮމް ދަ ސީ" ނަމަކަށް ކިޔާ ކަންކެލި މަސްވެރިކަން ކުރާ ދޯންޏެއްގައި އަލިފާން ރޯވެގެން އަޑިއަށްދިޔުމުން މި ބޯޓާއި ބޯޓުގައި ހުރި ބައެއް ތަކެތި ކ.ދޫނިދޫގެ ހުޅަނގު އުތުރުން 0.38 ނޯޓިކަލް މޭލުން އޮޔާ ދާތީ، ދަތުރުވެރިން ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެންޑީއެފްއިން ބުނީ، މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހާދިސާގައި ދޯނި އަޑިއަށްދިޔަ ސަރަޙައްދުން ފެށިގެން ދެކުނަށްކަމަށެވެ.

މި ޙާދިސާގައި ދޯނީގައި ދަތުރުކުރި 15 މީހުންގެ ތެރެއިން 5 މީހަކަށް ފަރުވާ ދިނުމަށް ވަނީ މާލެ ގެނެސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 3 ބިދޭސީންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޑަކުދިންގެ ކާނާ އަކުން މީދާ މަރާ ވިހަ ފެނިފައިވާތީ ރާއްޖެ އެތެރެކޮށް ބޭނުންކުރުން މަނާކޮށްފިޚަބަރު | 2 މަސް ކުރިން "ބިލެތްމާ ޓޭސްޓީ" ގެ އެއްވެސް އުފެއްދުމެއް ބޭނުން ނުކުރަން އަންގައިފިޚަބަރު | 3 މަސް ކުރިންހޭންޑީ ވޯޓަރގެ ބިއްލޫރި ފުޅީގައި ބަންދުކުރި ފެން މަނާކޮށްފިޚަބަރު | 4 މަސް ކުރިންރޯވި މަސްދޯނީގެ ބައެއް ތަކެތި އޮޔާދާތީ ސަމާލުވާން އެދިއްޖެޚަބަރު | 4 މަސް ކުރިން