logo
Bank of Maldives

Bank of Maldives

ޚަބަރު

ހޭންޑީ ވޯޓަރގެ ބިއްލޫރި ފުޅީގައި ބަންދުކުރި ފެން ބޭނުންކުރުން އެމްއެފްޑީއޭ އިން މަނާކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ފެބްރުއަރީ 2026 - 14:15
ހޭންޑީ ވޯޓަރ ބިއްލޫރި ފުޅި، ފޮޓޯ: ހޭންޑީ ވޯޓަރ ވެބްސައިޓް
ހޭންޑީ ވޯޓަރ ބިއްލޫރި ފުޅި، ފޮޓޯ: ހޭންޑީ ވޯޓަރ ވެބްސައިޓް

ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން ބިއްލޫރި ފުޅިތަކުގައި ބަންދުކޮށްގެން ބާޒާރަށް ނެރޭ ފެނުގައި ޖަރާސީމުގެ އަސަރު ހުރިކަން ފާހަގަކުރެވިފައިވާތީ، އެ ފެން ބޭނުންނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮޓޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ 330 އެމްއެލް، 550 އެމްއެލް އަދި 1 ލީޓަރުގެބިއްލޫރި ފެން ފުޅީގައި ހުރެގެން ނުވާނެ ފަދަ ޖަރާސީމުގެ އަސަރު ތަހުލީލުތަކުން ފެނިފައިވާ ކަމަށެވެ. މިއީ އާންމު ސިއްހަތަށް ނުރައްކާވެދާނެ ކަމެއްގެ ގޮތުގައި އެ އޮޓޯރިޓީން ވަނީ ފާހަގަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެފްޑީއޭ އިން ހާމަކުރި ގޮތުގައި، މި ފެންފުޅިތަކުގެ ތަހުލީލު ނަތީޖާތަކުން ދައްކާ ގޮތުގައި އެ ފެނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ބޯފެނުގެ މިންގަނޑުތަކަށް ފެތޭ ފެނެއް ނޫނެވެ. އެހެންކަމުން، އެ ފެނަކީ ބޭނުންކުރުމަށް ރައްކާތެރި އެއްޗެއް ނޫންކަމަށް އެ އިދާރާއިން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައާ ގުޅިގެން، ވަކި ގޮތެއް އަންގަންދެން ހޭންޑީ ވޯޓާގެ ބިއްލޫރި ފުޅިތަކުގައި ބަންދުކޮށްފައިވާ ފެން ބޭނުންނުކުރުމަށާއި، ބާޒާރުން ވިއްކުން ހުއްޓާލުމަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ފިޔަވަޅަކީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހޭންޑީ ވޯޓަރގެ ބިއްލޫރި ފުޅީގައި ބަންދުކުރި ފެން މަނާކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންރޯވި މަސްދޯނީގެ ބައެއް ތަކެތި އޮޔާދާތީ ސަމާލުވާން އެދިއްޖެޚަބަރު | 3 ދުވަސް ކުރިންވިހަ ހިމެނޭ ކޯފް ސިރަޕް ރާއްޖެ އެތެރެކޮށްފައެއް ނުވޭ: އެމްއެފްޑީއޭޚަބަރު | 4 މަސް ކުރިންކާބޯތަކެތީގެ ހިދުމަތް ދިނުމުގެ މިންގަނޑަށް ނުފެތޭ 70 ތަނެއް ބަންދުކޮށްފިޚަބަރު | 4 މަސް ކުރިން