ކާބޯތަކެތީގެ ހިދުމަތް ދިނުމުގެ މިންގަނޑަށް ނުފެތޭ 70 ތަނެއް ބަންދުކޮށްފި
2 އޮކްޓޯބަރު 2025 - 17:35

ކާބޯތަކެތީގެ ހިދުމަތް ދިނުމުގެ މިންގަނޑަށް ނުފެތޭ 70 ތަނެއް ބަންދުކޮށްފައިވާ މޯލްޑިވްސް ފްޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
އެމްއެފްޑީއޭއިން ބުނީ މި އިންސްޕެކްޝަންގައި ކާބޯތަކެތީގެ ޚިދުމަތްދޭ ޖުމްލަ 1010 ތަނެއްވަނީ ބަލާފާސް ކުރެވިފައިކަމަށެވެ. މީގެ ތެރޭގައި އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނާއި ހުއްދައިގެ މުއްދަތު ހަމަވެ ހުއްދަ އައުނުކޮށް ހިންގަމުންދާ ތަންތަނުގެ އިތުރުން އެ އޮތޯރިޓީގައި ރަޖިސްޓްރީ ނުކޮށް ހިންގަމުންދާ ތަންތަންވެސް ހިމެނެއެވެ.

Ad by Hajj Corporation
އެ އޮތޯރިޓީގައި ރަޖިސްޓްރީނުކޮށް ގަވައިދާ ޚިލާފަށް ހިންގަމުން ގެންދާތީއާއި ހުއްދައިގެ މުއްދަތު ހަމަވުމަށްފަހު ހުއްދަ އައުނުކޮށް ހިންގަމުން ގެންދާތީ 70 ތަނެއް މިއިންސްޕެކްޝަންގައި ވަނީ ބަންދުކުރެވިފައެވެ. މީގެ ތެރެއިން ހުއްދައައުކުރުމަށާއި ރަޖިސްޓްރީ ކުރުމަށް ފޯމު ހުށައަޅާފައިވާތީ، 27 ތަނަކަށް ހުއްދަ ދޫކުރެވިފައިވެއެވެ.
މި މަސައްކަތް ކުރިއަށް ގެންދިޔައީ އެ އޮތޯރިޓީއާއި މާލޭ ސިޓީ ކައުންސިލްގެ އިތުރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ގުޅިގެންނެވެ.


