logo
Bank of Maldives

Bank of Maldives

ޚަބަރު

ސައޫދީ އަރަބިއްޔާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

ޝަހްޒާ މުހައްމަދު
23 ސެޕްޓެމްބަރު 2025 - 04:03
ސައޫދީ އަރަބިއްޔާގެ  ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

ސައޫދީ އަރަބިއްޔާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ސައުދީގެ ގައުމީ ދުވަހުގެ ތަހުނިޔާ މާތްވެގެންވާ ދެ ހަރަމްފުޅުގެ ޚާދިމް އަދި ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަަޒީޒް އަލް ސައުދަށާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދަށް އަދި އެ ގައުމުގެ ހުރިހާ ރައްޔިތުންނަށް ފޮނުއްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ސައުދި އަރަބިއްޔާއަކީ ރާއްޖޭގެ ގާތް އެކުވެރި ޤައުމެއް ކަމަަށާއި ރާއްޖޭގެ ތަރައްގީގެވެސް މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި މި ފުރުސަތު ދެ ޤައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިކުރެވިގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ސައޫދީ އަރަބިއްޔާއިން މިއަދު ފާހަގަކުރަމުންދަނީ، އެގައުމުގެ 95 ވަނަ ގައުމީ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ފެންވަރުގައި ގައުމީ އިހްތިރާމް އަދާކުރާ ދުވަހެއް ފާހަގަ ކުރަނީޚަބަރު | 3 ގަޑިއިރު ކުރިންފޯޅަވަހީގެ ސިޔާދަތީ މައްސަލައިގައި އިނގިރޭސިވިލާތާއެކު ރަސްމީ ވާހަކަތައް ފެށުމަށް ރައީސް ދަޢުވަތު ދެއްވައިފިޚަބަރު | ދުވަހެއް ކުރިންޢަމަލާއި ބަހުންވެސް ޤައުމާމެދު އިޚްލާޞްތެރިކަން ދެއްކުމަށް ރައީސް އިލްތިމާސްކުރައްވައިފިޚަބަރު | 2 ދުވަސް ކުރިންރައީސް މުޢިއްޒުގެ ޔަޤީންކަން: 2028 އަށް ދާއިރު ގިނަ ބަޔަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެޚަބަރު | 2 ދުވަސް ކުރިން