logo
Bank of Maldives

Bank of Maldives

ޚަބަރު

ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް ގޮވާލައްވައިފި

އާމިނަތު ޝަފާ
23 ސެޕްޓެމްބަރު 2025 - 04:16
ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް ގޮވާލައްވައިފި

ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް ގޮވާލައްވައިފިއެވެ.

ރާއްޖެއިން މިފަދައިން ގޮވާލީ އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 80 ވަނަ ބައްދަލުވުން (UNGA80) ގައި 'އެރލީ ވޯރނިންގސް ފޮރ އޯލް' (Early Warnings for All) އަށް ބޮޑު އިސްކަމެއް ދީފައިވާކަން އަލުން ހާމަކޮށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ މިނިސްޓަރު ޠާރިޤް އިބްރާހިމް ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަން ވަޒީރު ހާމަކުރައްވާފައިވެއެވެ.

މިކަމާ ގުޅިގެން ވަޒީރު ޠާރިޤް އިބްރާހިމް ވަނީ، ކާރިސާތަކާ ގުޅިގެން ދެވޭ އިންޒާރުތަކުގެ ނިޒާމުގައި ހުރި އެންމެ ފަހު ހަރުފަތުގެ ހުސްކަންތައް ފިލުވުމަށާއި، ގިނަ ނުރައްކާތައް ދެނެގަތުމަށް ބޭނުންކުރާ ނިޒާމުތައް އެއްކޮށްލުމަށާއި، ދެމެހެއްޓެނިވި މާލީ އެހީތެރިކަން ހޯދުމަށް ކާރިސާ ދިމާވާ ވަގުތުތަކުގައި ބޭނުންވާނެ އެންމެހާ ކަންކަން ކުރުމަށް ގޮވާލައްވާފައެވެ.

ވަޒީރުގެ މި ގޮވައިލެއްވުމުގެ މައިގަނޑު މަޤްޞަދަކީ، ގުދުރަތީ ކާރިސާތަކުގެ ކުރިން ދެވޭ އިންޒާރުތަކުން، އެއްވެސް ރަށެއް އަދި އެއްވެސް މުޖުތަމަޢެއް ރައްކާތެރިކަން ނެތި ނުބޭއްވުން ކަމަށް ވިދާޅުވިއެވެ. ކުޑަ ނިވެލިތަކެއްގެ މައްޗަށް އެކުލެވޭ ރާއްޖެ ފަދަ ޤައުމުތަކަށް، ކަނޑުގެ ލޮޅުންތަކާއި، ބޮޑެތި ވިއްސާރަތަކާއި، ކަނޑަށް އަންނަ ބަދަލުތަކުން ރައްކާތެރިކަމުގެ އިންޒާރުތައް ލިބުމަކީ އާބާދީގެ ސަލާމަތަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.

މިފަދަ ނިޒާމުތައް ހަރުދަނާކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަން މުހިންމުކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫދަށާއި ގޮނޑުދޮށްތަކަށް ކުނި އަޅާ މީހުން ޖޫރިމަނާކުރާ ގަވައިދެއް ހަދަނީޚަބަރު | 2 މަސް ކުރިންމިދިޔަ އަހަރު 10 ބިލިޔަން ރުފިޔާގެ ތެޔޮ ރާއްޖެ އެތެރެކުރިޚަބަރު | 2 މަސް ކުރިންފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ހާއްސަ ހަރަކާތްތަކެއްޚަބަރު | 3 މަސް ކުރިންމެދުއިރުމަތީގައި ހިނގަމުންދާ ކަންކަމުގެ އަސަރު ސީދާ ރާއްޖެއަށް ކުރާނެ: މިނިސްޓަރޚަބަރު | 3 މަސް ކުރިން