logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ޚަބަރު

ގޮއިދޫ އިންޖީނުގޭގެ މަސައްކަތް 2028 ގައި ފަށައި،ނިންމާލެވޭނީ 2029 ގައި: ވަޒީރު

އާމިނަތު ޝަފާ
19 ނޮވެމްބަރު 2025 - 09:38
މިނިސްޓަރ ތޯރިޤް
މިނިސްޓަރ ތޯރިޤް

ގޮއިދޫ އިންޖީނުގޭގެ މަސައްކަތް 2028 ގައި ފަށައި ނިންމާލެވޭނީ 2029 ގައިކަމަށް ފަތުރުވެރިކަމާ ތިމާވައްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ގޮއިދޫ އިންޖީނުގެ މިހާރު ހުރިތަނުން އެހެންތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށޭނީ ކޮންތާރީޚަކުތޯ އަދި ނިމޭނީ ކޮން ތާރީޚެއްގައިތޯ އޮޅުންފިލުވައިދެއްވުމަށްއެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސުވާލުގެ ޖަވާބުގައި ވަޒީރު ވިދާޅުވީ ގޮއިދޫ އިންޖީނުގެ މިހާރު ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް ޕްލޭން ކުރެވިފައި ވަނީ 2028 ވަނަ އަހަރުކަމަށެވެ. އަދި ގޮއިދޫ އިންޖީނުގެ މިހާރު ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ނިންމޭނެކަމަށް ލަފާ ކުރެވެނީ 2029 ވަނަ އަހަރުކަމަށް ވަޒީރު ވިދާޅުވިއެވެ.
އިތުރަށް ވަޒީރު ވިދާޅުވެފައިވަނީ ގޮއިދޫ އިންޖީނުގެ މިހާރު ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރުމަށް ބިން ކަނޑައެޅިފައި ވީނަމަވެސް ޕްރޮޖެކްޓްގެ މަސައްކަތް އަދި ވަނީ ނުފެށިކަމަށާއި ފެނަކައިގެ 5 އަހަރު ވެދިޔަގައި ނިންމުމަށް ހިންކަންވެފައިވާ މިހާރު އެފެނަކައިން ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ނިމުމާއެކު އަލަށް އެޅުމަށް ހަމަޖެހިފައިވާ އިންޖީނުގެތަކުގެ މަސައްކަތް ފެށޭނެކަމަށެވެ.


ގޮއިދޫ ބްރާންޗްގައި މިވަގުތު އިންސްޓޯލްކުރެވިފައި ވަނީ 03 ޖަނަރޭޓަރ ސެޓްކަމަށާއި އެއީ 250 ކިލޯވޭޓްގެ 02 ޖަނަރޭޓަރ ސެޓާއި 400 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެއްކަމަށާއި 03 ޖެނަރޭޓަރ ސެޓްވެސް ހުރީ ހިންގޭ ޙާލަތުގައިކަމަށް ވިދާޅުވިއެވެ.

ގޮއިދޫ ބްރާންޗްގައި މިވަގުތު އެވޭލަބަލް ކެޕޭސިޓީއަކީ 650 ކިލޯވޯޓެވެ.
ގޮއިދޫގެ މެކްސިމަމް ލޯޑް އަކީ 327 ކިލޯވޯޓެެވެ.
ގޮއިދޫއަށް ކަރަންޓް ފޯރުކޮށްދިނުމުގައި މިވަގުތު އެއްވެސް ދަތިކަމެއް ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.


ވަޒީރު ވިދާޅުވީ 3 ޖަނަރޭޓަރ ސެޓް އޯވަރހޯލް ކުރުމަށް ބޭނުންވާ ސްޕެއަރ ޕާޓްސް ގަތުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށާއި އުންމީދު ކުރެވޭގޮތުގައި ކުރިއަށްއޮތް ރަމަޟާން މަސް ފެށުމުގެ ކުރިން 03 ޖަނަރޭޓަރ ސެޓް އޯވަރހޯލްކޮށް ކޮންޑިޝަން ރަނގަޅު ކުރެވޭނެކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ހާއްސަ ހަރަކާތްތަކެއްޚަބަރު | 3 ދުވަސް ކުރިންމެދުއިރުމަތީގައި ހިނގަމުންދާ ކަންކަމުގެ އަސަރު ސީދާ ރާއްޖެއަށް ކުރާނެ: މިނިސްޓަރޚަބަރު | 16 ދުވަސް ކުރިންޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކާބެހޭ 2 ވަނަ ޤައުމީ ފޯރަމް ނިމިއްޖެޚަބަރު | މަހެއް ކުރިންގޮއިދޫ އިންޖީނުގޭގެ މަސައްކަތް 2028 ގައި ފަށައި،ނިންމާލެވޭނީ 2029 ގައި: ވަޒީރު ޚަބަރު | 4 މަސް ކުރިން