logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަން އަބަދުވެސް މަތީ ފެންވަރެއްގައި ހިފަހައްޓުން މުހިންމު: ވަޒީރު ތާރިގް

އާމިނަތު ޝަފާ
3 އޮކްޓޯބަރު 2025 - 06:43
މިނިސްޓަރ ތޯރިޤް
މިނިސްޓަރ ތޯރިޤް

ރާއްޖޭގެ ފަތުރުވެރިކަން އަބަދުވެސް މަތީ ފެންވަރެއްގައި ހިފަހައްޓުން މުހިންމުކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވައި ވަޒީރު ފޮނުއްވި ހިތާބުގައިވަނީ މި ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އިޤްތިޞާދަށް ފަތުރުވެރިކަމުގެ ދާއިރާއިން ކުރާ މުހިންމު ދައުރަށް އަލިއަޅުވާލާފައިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އެއް ބާރަކީ ފަތުރުވެރިކަން ކަމަށާއި، މި ދާއިރާއިން ގިނަ ބައެއްގެ ދިރިއުޅުމާއި އާމްދަނީ ރަނގަޅުކޮށްދީފައިވާކަން ފާހަގަކުރެއެވެ. ފަތުރުވެރިކަމުގެ ސަބަބުން ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ލިބި، ރާއްޖޭގެ ތަރައްޤީއަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އިތުރަށް ވާހަކަ ދައްކަވަމުން ވަޒީރުވަނީ ރާއްޖޭގެ ފަތުރުވެރިކަން އަބަދުވެސް މަތީ ފެންވަރެއްގައި ހިފަހައްޓާނެ ކަމަށާއި، މި ދާއިރާ ބާރުގަދަ އަދި އެންމެންނަށް ފުރުޞަތު ލިބިގެންވާ ދާއިރާއަކަށް ހެދުމަށް ގުޅިގެން މަސައްކަތްކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ބައިވެރިންނަށާއި، އިންޑަސްޓްރީގެ މަސައްކަތްތެރިންނަށް އަދި ދިވެހިރާއްޖޭގެ ރަށްރަށުގެ ރައްޔިތުންނަށް، އެބޭފުޅުން ކުރައްވާ ބުރަ މަސައްކަތަށް ވަޒީރުވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖޭގައި ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 3ވަނަ ދުވަހުއެވެ. 2021 ވަނަ އަހަރުން ފެށިގެން އެ ދުވަސް ފާހަގަކުރަމުންދަނީ އެ ތާރީޚަކީ ރާއްޖޭގެ ފުރަތަމަ ރިސޯޓް، ވިހަމަނާފުށި 1972 ވަނަ އަހަރު ހުޅުވާ ޚިދުމަތް ދޭންފެށި ދުވަސްކަމަށްވާތީއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ފަތުރުވެރިކަން އަބަދުވެސް މަތީ ފެންވަރެއްގައި ހިފަހައްޓުން މުހިންމު: ވަޒީރު ތާރިގްޚަބަރު | މަހެއް ކުރިންމޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހާލަތާ ގުޅޭގޮތަށް ބަދަލުވުމަކީ ޤައުމީ ބުރައެއް ނޫން: ވަޒީރު ޠާރިޤްޚަބަރު | މަހެއް ކުރިންގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް ގޮވާލައްވައިފިޚަބަރު | މަހެއް ކުރިން5 މިލިއަން ގަސް: ލަންކާއިން ހަދިޔާ ކުރި ގަސްތައް ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް ކުރިއަށްޚަބަރު | 5 މަސް ކުރިން