logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ ހަފްތާގައި މިފްކޯއަށް މަސް ކިރުވި 155 ދޯންޏަކަށް 6.4 މިލިޔަން ރުފިޔާ ދޫކޮށްފި

އާމިނަތު ޝަފާ
23 ސެޕްޓެމްބަރު 2025 - 04:38
މިދިޔަ ހަފްތާގައި މިފްކޯއަށް މަސް ކިރުވި 155 ދޯންޏަކަށް 6.4 މިލިޔަން ރުފިޔާ ދޫކޮށްފި

މިދިޔަ ހަފްތާގައި މިފްކޯއަށް މަސްކިރުވި 155 ދޯންޏަކަށް 6.4 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.


މިދިޔަ ހަފްތާގެ މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު 155 ދޯންޏަކުން މިފްކޯއަށް ވަނީ މަސް ކިރުވާފައެވެ. އޭގެ ކުރީ ހަފްތާގައި މިފްކޯއަށް މަސްކިރުވާފައިވަނީ 160 ދޯންޏަކުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation


މިދިޔަ ހަފްތާގައި މުޅި ޖުމްލަ 6،480،405 (ހަ މިލިއަން ހަތަރު ލައްކަ އައްޑިހަ ހާސް ހަތަރު ސަތޭކަ ފަސް) ރުފިޔާ ދޫކޮށްފައިވެއެވެ.

މިދިޔަ ހަފްތާގައި މިފްކޯއިން މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ހޯމަ ދުވަހުއެވެ. އެގޮތުން އެދުވަހު މިފްކޯއަށް 32 ދޯންޏަކުން މަސްކިރުވާފައިވެއެވެ. އެ ދޯނިތަަކަށް މުޅި ޖުމްލަ 1،407،641 ( އެއް މިލިއަން ހަތަރު ލައްކަ ހަތް ހާސް ހަ ސަތޭކަ ސާޅީސް އެއް) ރުފިޔާ ދޫކޮށްފައިވެއެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ މިހާތަނަށް މަސްވެރިންނަށް މުޅި ޖުމްލަ 16.4 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ މިދިޔަ މަހުގެ މި މުއްދަތުގައި މަސްވެރިންނަށް ދޫކޮށްފައިވާރުފިޔާއާއި އަޅާބަލާއިރު 14.8 އިންސައްތަ ދަށް އަދަދެކެވެ.


ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަކީ އަދުގެ ސަރުކާރުގެ އިސްކަންދެއްވާ މުހިންމު ތަޞައްވުރެކެވެ. މި ތަޞައްވުރު ޙާޞިލްކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން މިހާރު ވަނީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދާ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއްވެސް ފަށާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖަޕާނު ކުންފުނިތަކުގެ އެހީ ހޯދަން މިފްކޯއިން މަޝްވަރާކޮށްފިޚަބަރު | 3 ދުވަސް ކުރިންމިފްކޯގެ ބައެއް އުފެއްދުންތައް ހުސްނުވެ ލިބޭނެޚަބަރު | 18 ދުވަސް ކުރިންމަސްވެރިންނަށް މިދިޔަ މަހު 40 މިލިއަން ރުފިޔާ ދޫކުރިޚަބަރު | މަހެއް ކުރިން 19 މަސް ދޯންޏަކަށް، 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | 2 މަސް ކުރިން