logo
Bank of Maldives

Bank of Maldives

ޚަބަރު

މިފްކޯގެ ބައެއް އުފެއްދުންތައް ހުސްނުވެ ލިބޭނެ

މުޙައްމަދު އަފްރާޙް
24 ފެބްރުއަރީ 2026 - 11:07
yhj
yhj

މިފްކޯގެ ބައެއް އުފެއްދުންތައް ހުސްނުވެ ލިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދީފިއެވެ.

މި ޔަގީންކަން މިފްކޯ އިން ދިނީ އެ ކުންފުނީގެ އުފެއްދުންތައް ހުސްވެފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދެކެވިފައިވާ ދަނޑިވަޅެއްގައެވެ.

މިފްކޯ އިން ބުނީ ރަމަޟާން މަސް ފެށުނުއިރު ރާއްޖެއަށް މަސްވެރިކަން ދަށްވިނަމަވެސް ރަމަޟާންމަހަކީ މަހުގެ ބާވަތްތަކަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވާ މަހެއް ކަމަށެވެ. އެހެންކަމުން އެކަމަށް މިފްކޯއިން ތައްޔާރުވެފައިވާކަމަށް ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފްކޯ އިން ބުނީ ރައްޔިތުންނަށް މަހާއި މަހުގެ އުފެއްދުންތައް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށާއި އެކުންފުނީގެ އުފެއްދުންތައް ހުސްނުވެ މި ރަމަޟާންމަހު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ދުރާލާ މަސައްކަތް ފެށިކަމަށެވެ. އަދި މިތަކެތި މިފްކޯގެ ފިހާރަތަކުން ލިބޭނެކަން ކަށަވަރުކުރާނެކަމަށެވެ.

މިފްކޯއިން ކުރާ މި މަސައްކަތުގެ އަމާޒަކީ ރޯދަ މަހު އެއްވެސް ދަތިކަމެއް ނެތި އާންމުންނަށް މަސް ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށާއި އެކަން ކަށަވަރުކުރުމަށް މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެ ނޫން ވެސް ފަރާތްތަކާ އެކު ގާތުން މަސައްކަތްކޮށް، މަސްވެރިކަމަށް އަންނަ ބަދަލުތައް ދިރާސާކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ވެސް މިފްކޯއިން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިފްކޯގެ ސީއީއޯ ފަރުހަތު މަގާމުން އިސްތިއުފާ ދެއްވައިފިޚަބަރު | މަހެއް ކުރިންމިފްކޯއިން ވިއްކާ ތެޔޮ މަސްދަޅުގެ އަގު ބޮޑުކޮށްފިވިޔަފާރި | މަހެއް ކުރިންފެލިވަރުގައި ކޭނަރީގައި ސްޓޯރޭޖް ކެޕޭސިޓީ ޤާއިމުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 2 މަސް ކުރިންޖަޕާނު ކުންފުނިތަކުގެ އެހީ ހޯދަން މިފްކޯއިން މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިން