logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީން އުޅެނީ ހިންގާފަހުރި ޖަރީމާތަކަށް ފަސްއަޅަން، އެމްޑީޕީގެ މަޅީގައި ޖެހޭނެ ރައްޔިތަކު ނެތް: ނެތް

މުހައްމަދު މޫސާމުހައްމަދު މޫސާ
24 ސެޕްޓެމްބަރު 2025 - 10:08
 އެމްޑީޕީން އުޅެނީ ހިންގާފަހުރި ޖަރީމާތަކަށް ފަސްއަޅަން، އެމްޑީޕީގެ މަޅީގައި ޖެހޭނެ ރައްޔިތަކު ނެތް: ނެތް

އެމްޑީޕީން އުޅެނީ އެ ޕާޓީގެ ވެރިކަންތަކުގައި ހިންގާފަހުރި ޖަރީމާތަކަށް ފަސްއަޅަން ކަމަށާއި، އެމްޑީޕީގެ މަޅީގައި ޖެހޭނެ ރައްޔިތަކު މިހާރު ނެތްކަމަށް ނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފަލާހް ވަނީ ރައީސް ޑރ. މުޙައްމަދު 8 ދުވަހުގެ ތެރޭގައި ވަރުބަލިކަމެއްނެތި 31 ރަށަކަށް ދަތުރުކުރަށްވަމުންގެންދަވާކަން ފާހަގަކުރަށްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ރައީސް މުޢިއްޒަކީ، އެ ދަތުރުފުޅުގައި ވަރުބަލިކަމެއް ފޫހިކަމެއްނެތި ރައްޔިތުންގެ އަޑުއައްސަވައި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބޭނުންތަކަށް ހައްލު ހޯދައިދެއްވުމަށް ވަރަށް ގާތުން މަސައްކަތްކުރަށްވަމުން ގެންދަވާ ނަމޫނާ ރައީސެއްކަން ފަލާހް ވަނީ ފާހަގަކުރަށްވާފައެވެ.

''ރައީސް މިކަންކަން މިހެންކުރައްވާތި ދެއްތޯ މުޒާހަރާ އަށްތައްޔާރުވާންތިގޮވަނީ.. ރައްޔިތުންތިއްބެވިގޮތް ވަރަށްސާފު!
އެމްޑީޕީއިން ތިއުޅެނީ ތިބޭޅުންގެ ވެރިކަމުގައި ހިންގާފަހުރި. ޖަރީމާތަކަށް ފަސްއަޅަން ރައްޔިތުންތަކެއްމެދުވެރިކޮށް، އެކަންކުރެވޭތޯ!
ރައްޔިތުން އެއަށްވުރެމާހޭލުންތެރިވާނެ. ތިމަޅީގައިޖެހޭނެ ރައްޔިތަކުނެތް!'' ފަލާހް ވިދާޅުވެފަވެެއެވެ.

ރައީސް މުޢިއްޒު މިދިޔަ ހުކުރު ދުވަހު ވަނީ ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް 8 ދުވަހުގެ ދަތުރުފުޅެއް ފައްޓަވާފައެވެ. މި ދަތުރުފުޅުގައި 3 އަތޮޅުގެ މީހުން އުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށްފަހު މިވަގުތު ރައީސް ގެންދަވަނީ މި ދަތުރުފުޅުގެ ފަހު އަތޮޅު، ކޮޅުމަޑުލުގެ ރަށްތަކަށް ދަތުރުކުރަށްވަމުންނެވެ.

އަނެއްކޮޅުން އިދިކޮޅު އެމްޑީޕީން ދަނީ މުޒާހަރާއަކަށް ތައްޔާރުވަނީކަމަށްބުނެ ސިޔާސީ ކުދި އެއްވުންތަކެއް ބާއްވަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބުގެ ޕީއެންސީގެ ކެމްޕެއިން މެނޭޖަރަކަށް ފަލާޙްޚަބަރު | 16 ދުވަސް ކުރިންއެމްޑީޕީން ތަޖުރިބާ ކުރަމުން އަންނަ އުނދަގޫ ދުވަސްތަކުން އަރައިގަތުމާމެދު ޝައްކެއް ނުކުރަން: ރައީސް ނަޝީދުޚަބަރު | 17 ދުވަސް ކުރިންފައްޔާޒުގެ އިސްތިއުފާ ގުޅިފައިވަނީ އެމްޑީޕީގެ އެތެރޭގައި އޮތް ފިތުނައާ ޚަބަރު | 22 ދުވަސް ކުރިންއެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒު އިސްތިއުފާ ދެއްވައިފިޚަބަރު | 22 ދުވަސް ކުރިން