ރައީސް ޞާލިޙް ވިދާޅުވަނީ އިންތިޚާބު ކާމިޔާބުކުރަން ޕާޓީގެ އެންމެން އެކުގައި ގަދައަށް މަސައްކަތް ކުރާނެ ކަމަށް!
17 ޖެނުއަރީ 2026 - 14:05

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބޔ ކާމިޔާބުކުރަން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އެންމެން ގަދައަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުާނު މިހެން ވިދާޅުވީ 154 ކެންޑިޑޭޓުން ވާދަކުރި އެމްޑީޕީގެ ޕްރައިމަރީއަށް ފަހުގައެވެ. ވާދަވެރި ކެމްޕެއިނަކަށް ފަހުގައި، މި އިންތިޚާބު ބޭއްވީ އިއްޔެއެވެ.

Ad by Hajj Corporation
ރައީސް ޞާލިޙް ވަނީ އެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ކަށަވަރުކުރި ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާފައެވެ.
މި ގޮތުން، ޕްރައިމަރީ ވޯޓުގެ އެންމެހާ އިންތިޒާމުތައް ފުރިހަމައަށް ހަމަޖައްސަވައި ކުރިއަށް ގެންދިޔަ ކަމަށްޓަކައި، ޕާޓީގެ ލީޑަޝިޕާއި ހަރަކާތްތެރިންނަށް އެ މަނިކުފާނު ވަނީ ޝުކުރު ދަންނަވަފާއެވެ.
ރައީސް ޞާލިހު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބު އެޕާޓީއަށް ކާމިޔާބު ކަށަވަރުކުރުމަށްޓަކައި ޕާޓީގެ ލީޑަޝިޕާއި ހުރިހާ މެންބަރުން އެކުގައި ގަދައަށް މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
އެމަނިކުފާނު އެ ފަދައިން ވިދާޅުވިއިރު، މިއީ އިދިކޮޅު އެމްޑީޕީގެ 20 އަހަރުގެ ދިގު ތާރީޚުގައި ވެސް އެންމެ ރަނގަޅަށް ކަންކަންދިޔަ އެތެރޭގެ އެއް އިންތިޚާބުކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވަނީ ވިދާޅުވެފައެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ޕްރައިމަރީ ވެސް ބާއްވާފައިވާއިރު، ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގައި ވާދަކުރުމަށް ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ. އެ ކަމަށް އީސީން، ފުރުސަތު ދިނީ ދެ ހަފުތާގެ މުއްދަތަކަށެވެ.


