logo
Bank of Maldives

Bank of Maldives

ޚަބަރު

މަޑިފުށީ އިޚްތިޞާޞްގައި ކޮޅުފުއްޓާއި، އުފުރިޔާ ހިމަނުއްވައިފިކަމުގެ ރަސްމީ ލިޔުން ހަވާލުކޮށްދެއްވައިފި

އައިޝަތު ނަޝާ
24 ސެޕްޓެމްބަރު 2025 - 11:11
މަޑިފުށީ އިޚްތިޞާޞްގައި  ކޮޅުފުއްޓާއި، އުފުރިޔާ ހިމަނުއްވައިފިކަމުގެ ރަސްމީ ލިޔުން ހަވާލުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުން ލިބިވަޑައިގަންނަވައި ބާރުގެ ދަށުން، ތ. މަޑިފުށީ އިޚްތިޞާޞްގައި ތ. ކޮޅުފުއްޓާއި، އުފުރިޔާ ހިމަނުއްވައިފިކަމުގެ ރަސްމީ ލިޔުން މަޑިފުށީ ކައުންސިލްގެ ރައީސާ ހަވާލުކޮށްދެއްވައިފިއެވެ.

މި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ 18 ސެޕްޓެމްބަރުގައި ނިންމަވާފައިވާ ނިންމެވުމެއް ނަމަވެސް މިކަން ރަސްމީކޮށް ފައްޓަވާ، ލިޔުން ދެއްވީ ޜޭގައެވެ. އިއްޔެ މަޑިފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެތެރެއިން މި ލިޔުން މަޑިފުށީ ކައުންސިލްގެ ރައީސާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނިންމެވުމަކީ ޙަޤީޤީ މާނާގައި ކައުންސިލްތައް ބާރުވެރި ކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން ނިންމަވައިފައިވާ ނިންމެވުމެކެވެ.ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ސަރުކާރުން އަންނަނީ ބައެއް ފަޅުތަކާއި، ފަޅުރަށްރަށް ވެސް ދެއްވަމުންނެވެ.

މިއީ އެ ރަށްރަށުގެ ރައްޔިތުންނަށާއި، ކައުންސިލްތަކަށް އިޤްތިޞާދީ މަންފާތައް ހޯއްދަވައި ދެއްވުމަށް މުހިންމު ސިޔާސަތެއްގެ ދަށުން ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުރަމާނަ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެ ވަޑައިގެންފިޚަބަރު | 15 ގަޑިއިރު ކުރިންދެ ޤައުމުގެ ރައްޔިތުންގެ މަންފާއަށް ކުރި މަޝްވަރާތަކުން ފައިދާވާނެ ކަމަށް އުއްމީދުކުރަން: ރައީސްޚަބަރު | 21 ގަޑިއިރު ކުރިންރައީސްގެ ދެ ކަނބަލުން ލަންކާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފިޚަބަރު | ދުވަހެއް ކުރިންރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ކޮލޮމްބޯގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިޚަބަރު | ދުވަހެއް ކުރިން