logo
Bank of Maldives

Bank of Maldives

ޚަބަރު

މީޑިއާ ބިލުގެ ސަބަބުން ދޮގު ހަބަރު ފެތުރުން ހުއްޓުވި، ނޫސްވެރިކަން މިނިވަންވާނެ: ޑެއިލީ މިރާ

އާމިނަތު ޝަފާ
24 ސެޕްޓެމްބަރު 2025 - 12:01
މީޑިއާ ބިލުގެ ސަބަބުން ދޮގު ހަބަރު ފެތުރުން ހުއްޓުވި، ނޫސްވެރިކަން މިނިވަންވާނެ: ޑެއިލީ މިރާ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލާއެކު ދޮގު ހަބަރު ފެތުރުން ހުއްޓުވި، ނޫސްވެރިކަން ހަރުދަނާވެގެންދާނެކަމަށް ސްރީލަންކާގެ ޑެއިލީ މިރާ ނޫހުން ބުނެފިއެވެ.

މީޑިއާ ބިލުގެ ސަބަބުން ރާއްޖޭގައި މިނިވަން ނޫސްވެރިކަމާއެކު އެ ދާއިރާ ހަރުދަނާ ވެގެން ދިޔަކަން އެ ނޫހުން ވަނީ ފާހަގަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު،   16 ސެޕްޓެންބަރު 2025 ވީ އަންގާރަ ދުވަހު ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާ (6) އިން 60 މެމްބަރުންގެ ބިޔަ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.

މި ޤާނޫނު ވަރަށް ގިނަ ކަންކަން ހާސިލުވެގެންދާކަމަށް މިދާއިރާގައި މަސަަކަތްކުރައްވާ ފަރާތްތަކާއި ސަރުކާރުންވެސް ބުނެއެވެ.

އެކަންކަމަކީ،

  • މި ޤާނޫނުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި، އާލާކުރުމާއި، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ތަރައްޤީކޮށް ދަމަހައްޓައިދެއެވެ.
  • މި ޤާނޫނުން ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ބްރޯޑްކާސްޓް މީޑިއާ ހިމެނޭނެހެން، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ޒިންމާދާރުކަން އިތުރުކޮށް ބަލަހައްޓާނެ މިނިވަން އިދާރީ ނިޒާމެއް ޤާއިމުކޮށްދެއެވެ.
  • މި ޤާނޫނުން، ދިވެހިރާއްޖޭގައި އެކި ބާވަތުގެ ނޫސް މަޖައްލާ، ބްރޯޑްކާސްޓް، ރީބްރޯޑްކާސްޓް އަދި މިނޫންވެސް ހުރިހާ މީޑިއާގެ ޚިދުމަތްތައް ދިނުމުގެ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައަޅައި ޤާއިކޮށްދެއެވެ.
  • މި ޤާނޫނުން ބްރޯޑްކާސްޓަރުންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުންނާއި، ނޫސްވެރިން މަޢުލޫމާތު ހާމަކުރުމުގައި ތަބާވާންޖެހޭ މިންގަނޑުތައް ކަނޑައަޅައި، އެ ފަރާތްތަކުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތައް އެކަށައެޅިގެން ދެއެވެ.
  • މިޤާނޫނުން ޚަބަރު ފެތުރުމުގައި މުޖުތަމަޢުގައި މީޑިއާ އަދާކުރާ ދައުރަށް ޢާންމު ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އިތުރުކޮށްދެއެވެ.
  • މި ޤާނޫނުން ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓަރީކުރުމާބެހޭ ލުއި މިންގަނޑުތަކެއް ކަނޑައަޅައި ތަޢާރަފުވެގެންދާނެއެވެ.
  • މި ޤާނޫނުން ދޮގު މަޢުލޫމާތާއި ދޮގު ޚަބަރު ފެތުރުން ހުއްޓުވުމާއި، ކަނޑައެޅިގެން އެފަދަ މަޢުލޫމާތު ފެތުރުނަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅި މުޖުތަމައުގެ ކަރާމަތް ހިފެހެއްޓިގެންދާނެއެވެ.
  • މި ޤާނޫނުން ވަކި ބޭނުމެއްގައި ނުވަތަ ވަކި މަޤްޞަދެއް ޙާޞިލުކުރުމުގެ ބޭނުމުގައި ކަންކަމުގެ ޙަޤީޤަތް ވަންހަނާކޮށް ނުވަތަ ކަމެއް ނުވަތަ ކަންތައްތަކެއް ކަނޑައެޅިގެން އޮޅުވާލުމަށްޓަކައި، މީޑިއާތައް މެދުވެރިކޮށް ވަކިވަކި ފަރުދުން، ނުވަތަ ޖަމާޢަތް ހަދައިގެން، ރޭވިގެން ނުވަތަ ތަރުތީބުކުރެވިގެން ހިންގާ ކަންކަން ހުއްޓުވައި އެފަދަ ކަންކަމަށް މަގުފަހިކޮށްދޭ މީޑިއާތަކާމެދު ފިޔަވަޅުއެޅި، މީހުން އަބުރާއި އިއްޒަތުން ނަފްސް ދޮގާއި އޮޅުވާލުމާއި ޚަރާބުކުރުމުން ސަލާމަތްކޮށްދެއެވެ.

ތެދު ހަގީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދައްކައި ލިޔުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީޑިއާ ބިލުގެ ސަބަބުން ދޮގު ހަބަރު ފެތުރުން ހުއްޓުވި، ނޫސްވެރިކަން މިނިވަންވާނެ: ޑެއިލީ މިރާ ޚަބަރު | 2 މަސް ކުރިންތެދު ޚަބަރު ޝާއިއުކުރުމަށް ބާރުއަޅާ މީޑިއާ ރެގިއުލޭޓްކުރާ ބިލް މަޖިލީހުން ފާސްކޮށްފިޚަބަރު | 2 މަސް ކުރިންމީޑިއާ ރެގިއުލޭޓް ކުރާ ބިލް މަޖިލީހަށް ބަލައިގެންފިޚަބަރު | 3 މަސް ކުރިންނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: ބަންޑާރަނައިބު ޚަބަރު | އަހަރެއް ކުރިން