logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބެލްޖިއަމް ބަލިކޮށް ޗެންޕިއަން އިޓަލީއިން ސެމީގެ ޖާގައެއް ކަށަވަރުކޮށްފި

އަބްދުﷲ ޣާނިމް
24 ސެޕްޓެމްބަރު 2025 - 17:59
ބެލްޖިއަމް ބަލިކޮށް ޗެންޕިއަން އިޓަލީއިން ސެމީގެ ޖާގައެއް ކަށަވަރުކޮށްފި

ފިލިޕީންސްގައި ކުޅެމުންދާ 2025 ވަނަ އަހަރުގެ އެފްއައިވީބީ ވޮލީބޯޅަ ފިރިހެނުންގެ ވޯލްޑް ޗެމްޕިއަންޝިޕްގެ ފުރަތަމަ ސެމީފައިނަލް ޓިކެޓް ޑިފެންޑިންގ ޗެމްޕިއަން އިޓަލީން ހޯދައިފިއެވެ. ޕާސޭ ސިޓީގައި ބުދަ ދުވަހު ކުޅުނު ފުރަތަމަ ކުއާޓަރ ފައިނަލްގައި އިޓަލީން ވަނީ ބެލްޖިއަމް ސީދާ ތިން ސެޓުން ބަލިކޮށްފައެވެ.

ޕޫލް މަރުހަލާގައި ބެލްޖިއަމްގެ އަތުން ލިބުނު ބަލިވުމުގެ ބަދަލު ހިފުމުގެ ގޮތުން އިޓަލީން ފުރަތަމަ ސެޓުން ފެށިގެން ކުޅުނީ ވަރަށް ހަރުކަށި ކުޅުމެކެވެ. މިޑްލް ރޮބަޓޯ ރުސޯގެ ކިލް ބްލޮކަކުން ނިންމާލި ފުރަތަމަ ސެޓް އިޓަލީން ކާމިޔާބުކުރީ ބޮޑު ތަފާތަކުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ސެޓުގައި ބެލްޖިއަމްގެ ކުޅުން ކުޑަކޮށް ރަނގަޅުވި ނަމަވެސް، އިޓަލީގެ ވަރުގަދަ ކުޅުމުގެ ކުރިމަތީގައި އެޓީމަށް ހިފަހަށްޓާނުލެވުނެވެ. އަދި މި ސެޓްވެސް ނިމުނީ ރުސޯގެ ބްލޮކަކުންނެވެ. ތިންވަނަ ސެޓުގައި 10-10 އާ ހަމައަށް ބެލްޖިއަމްއަށް ހަމަހަމަކޮށް ހިފަހަށްޓާލެވުނުނަމަވެސް، އޭގެ ފަހުން އިޓަލީން ލީޑުނަގައި، މެޗް 3-0 (25-13، 25-18، 25-18) ސެޓުން ވަނީ ނިންމާލާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ދީމާގެ އަޒްކާގެ ޕެއާއިން މޮންގޯލިއާވެސް ބަލިކޮށްފި ކުޅިވަރު | 11 ދުވަސް ކުރިންބަލްގޭރިއާ ބަލިކޮށް، އިޓަލީ ވޮލީ ބޯޅައިގެ ދުނިޔޭގެ ރަސްކަމަށްކުޅިވަރު | މަހެއް ކުރިންބަލްގޭރިއާ އިން ޔޫއެސްއާ ދެކޮޅަށް ހައިރާންކުރުވަނިވި ނަތީޖާއެއް ހޯދައި، ސެމީފައިނަލަށް ގޮސްފިކުޅިވަރު | މަހެއް ކުރިންއިރާން ބަލިކޮށް ޗެކިއާ ސެމީފައިނަލަށްކުޅިވަރު | މަހެއް ކުރިން