logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޓީސީ ބަލިކޮށް މާޒިޔާއިން 100% ރެކޯޑާއެކު ކުރިޔަށް

އަބްދުﷲ ޣާނިމް
25 ސެޕްޓެމްބަރު 2025 - 04:19
ފޮޓޯ: ޕީއެސްއެމް
ފޮޓޯ: ޕީއެސްއެމް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގުގެ ދެވަނަ މޮޅު ހޯދައިފިއެވެ. ރޭ ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗަށް ނުކުތްއިރު ޓީސީ ވަނީ ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަތުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ. އަދި މާޒިޔާއިން ވަނީ ފުރަތަމަ މެޗުގައި އީގަލްސް ބަލިކޮށްފައެވެ. އެއާއެކު ދެ މެޗުން ހޯދި ދެ މޮޅާއެކު 6 ޕޮއިންޓް ހޯދައިގެން މާޒިޔާ ވަނީ ލީގުގެ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ދެ ޓީމަށްވެސް މާ ގިނަ ލަނޑު ޖަހާނެ ފުރުސަތުތަކެއް ނުލިބުނެވެ. މާޒިޔާއިން ކޮންޓްރޯލް ކޮށްގެން ކުޅުނު މެޗުގެ ފުރަތަމަ މިނިޓުގައި ހަމްޒާ މުޙައްމަދު އަރިމަތިން ނަގައިދިން ބޯޅައެއް އޭރިޔާ ތެރެއިން މާޒިޔާ ބިދޭސީ ފޯވާޑް ސާޖިޔޯ މެންޑީ ފޮނުވާލުމުން އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 8 ވަނަ މިނިޓުގައެވެ. އޭރިޔާ ބޭރުން ހަމްޒާ ނަގައިދިން ބޯޅައެއް ސާޖިއޯ ބޮލުން ގޯލުތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑާއެކު މާޒިޔާއިން ލީޑު ނެގިއެވެ. މާޒިޔާއިން ދެވަނަ ލަނޑު ކާމިޔާބުކުރީ 43 ވަނަ މިނިޓުގައި ހަސަން ނަޒީމް މެދުވެރިކޮށެވެ.

މެޗުގެ ދެވަނަ ހާފުގައި މާޒިޔާ އެޓޭކުތައް އުފައްދަން މަސައްކަތް ކުރި ނަމަވެސް ގޯލާ އަމާޒުކޮށް ފޮނުވާލެވުނު ހަމަލާތައް މަދުވިއެވެ. މެޗުގެ ފަހު ކުޅުމުގައި މުޙައްމަދު އިލާން އިމްރާން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ.

ލީގުގައި އަންނަ އަންގާރަ ދުވަހު މާޒިޔާ ނުކުންނާނީ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑު ތަފާތަކުން ގްރީން ބަލިކޮށް، މާޒިޔާ ތާވަލުގެ އެއްވަނައަށްކުޅިވަރު | މަހެއް ކުރިންއޮޑީގެ މޮޅުވުމުގެ ރެކޯޑް އީގަލްސް އިން ހުއްޓުވައިފިކުޅިވަރު | 2 މަސް ކުރިންލެގަސީ ޑާބީއެއް: ވާދަވެރި ނިއުރޭޑިއަންޓާއި ވެލެންސިއާގެ ކުރިމަތިލުމެއް މިއަދުކުޅިވަރު | 2 މަސް ކުރިންބޮޑު ތަފާތަކުން މޮޅުވެ އޮޑި ތާވަލުގެ އެއްވަނައަށްކުޅިވަރު | 2 މަސް ކުރިން