logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ފަނޑިޔާރަކަށް ވުމަކީ އެހެން ބައެއްގެ މައްޗަށް ގަދަވެގަތުމަށް ލިބޭ ބާރެއް ނޫން: އުއްތަމަ ފަނޑިޔާރު

އާމިނަތު ޝަފާ
25 ސެޕްޓެމްބަރު 2025 - 11:48
އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު
އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު

ފަނޑިޔާރަކަށް ވުމަކީ އެހެން ބައެއްގެ މައްޗަށް ގަދަވެގަތުމަށް ލިބޭ ބާރެއް ނޫންކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު އައްޔަންކުރަން ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ޣަނީ ވިދާޅުވީ ފަނޑިޔާރުކަމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. އަދި ކިތަންމެ އިލްމީ ގޮތުން ގާބިލު، ވިސްނުންތޫނު، މަސައްކަތުގެ ސްޕީޑް އަވަސްވިޔަސް ފަނޑިޔާރުކަން ކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކަކާއި ތަބާވާންޖެހޭ މިންގަނޑުތަކެއް ހުންނަކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ. ފަނޑިޔާރުކަން ކުރަންޖެހޭނީ އަދުލުވެރިކަމާއެކު އިންސާފުގެ މަގުތައް ނަގަހައްޓަައި ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމައަށް އަދާކުރެވޭގޮތުގެ މަތިންކަމަށް ފަނޑިޔާރު އަބްދުލްޣަނީ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުންނަކީ މުޖުތަމައުއަށް ރިވެތި ނަމޫނާއަކަށްވުމަށް ފުރިހަމަ އަހުލާގީ މިންގަނޑެއް ގެންގުޅެންޖެހޭ ބަޔަކަށް ވާންވާނެކަމަށެވެ. އެގޮތުން ބަލާއިރު ފަނޑިޔާރުންނަކީ ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިސްވެރިންނާ ވެސް ތަފާތު އަދި ނަމޫނާ އަހްލާގީ މިންގަނޑެއް ގެންގުޅެންޖެހޭ ބައެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"ފަނޑިޔާރަކަށް ވުމަކީ ނުވަތަ ކޯޓުގެ އިސް އޮފިޝަލަކަށްވުމަކީ އެހެން ބައެއްގެ މައްޗަށް ގަދަވެގަތުމަށް ލިބޭ ބާރެއް ނޫން. ފަނޑިޔާރުންނަށް ލިބޭ ހަމައެކަނި ބާރަކީ ގާނޫނުތަކުގެ ދަށުން ހުކުމް ކުރުމަށް ލިބޭ ގާނޫނީ ބާރު އެކަނި. އޭގެ ބޭރުން އެއްވެސް ކަމެއް ކުރެވިގެން ނުވާނެ.". އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުންގެ މަސައްކަތުގައި ރައުޔު ތަފާތުވުމަކީ މައްސަލައެއް ނޫންކަމަށާއި ހިޔާލު ތަފާތުވި ނަމަވެސް އަމާޒަކަށް ވާންޖެހޭނީ ހައްލަކާ ހަމައަށް ދިއުންކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ހުށަހަޅާފައިވާ ސުވާލު ޣައިރު ޤާނޫނީ ކަމަށް ނިންމޭނެ ޖާގައެއް ނެތް: ސުޕްރީމް ކޯޓުޚަބަރު | 5 ގަޑިއިރު ކުރިން"އުންމީދީ ބަޖެޓާއެކު ނަތީޖާ ޙާސިލްކުރަން މިތިބީ ތައްޔާރަށް"ޚަބަރު | 2 މަސް ކުރިންފަނޑިޔާރުން ވާންޖެހޭނީ އުޅުންތަކާއި ގުޅުންތަކުގައި ނަމޫނާ ބަޔަކަށް: އުއްތަމަ ފަނޑިޔާރުޚަބަރު | 5 މަސް ކުރިންމައްސަލަތަކުގައި ވަކާލާތުކުރާއިރު، ކަނުލައި އަޑުއެހުމުގެ ހުނަރު ތަރައްޤީކުރަންޖެހޭ: އުއްތަމަފަނޑިޔާރު ޚަބަރު | 5 މަސް ކުރިން