logo
ޚިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ހުށަހަޅާފައިވާ ސުވާލު ޣައިރު ޤާނޫނީ ކަމަށް ނިންމޭނެ ޖާގައެއް ނެތް: ސުޕްރީމް ކޯޓުMPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

"އުންމީދީ ބަޖެޓާއެކު ނަތީޖާ ޙާސިލްކުރަން މިތިބީ ތައްޔާރަށް"

އިސްމާޢިލް ރާތިޢު
9 ފެބްރުއަރީ 2026 - 05:40
"އުންމީދީ ބަޖެޓާއެކު ނަތީޖާ ޙާސިލްކުރަން މިތިބީ ތައްޔާރަށް"

މިއަހަރަށް ސަރުކާރުން ޝަރުޢީ ދާއިރާއަށް ކަނޑައެޅި ބަޖެޓަކީ އުންމީދީ ބަޖެޓެއް ކަމަށާއި އެ ބަޖެޓާއެކު ޝަރުޢީ ދާއިރާ ކުރިއެރުވުމަށް ތައްޔާރަށް ތިބި ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޤަޟާޢީ އަހަރު 2026 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވަނީ ރާއްޖޭގެ ޝަރުޢީ ދާއިރާ ކުރިއެރުވުމަށް މިއަހަރަށް ރާވާފައިވާ ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން، އެ ދާއިރާ ޑިޖިޓަލް ކުރުމަށް މިއަހަރު މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ ޝަރުޢީ ދާއިރާއަށް ޒަމާންތަކެއްވަންދެން އިހުމާލުވެފައި އޮތުމުގެ ސަބަބުން އެ ދާއިރާއަށް ކުރިމަތިވި ހުރަސްތައް މިއަދު ހިރާސްތަކަށް ބަދަލުވެފައިވާ ކަމަށެވެ. ނަމަވެސް އަދުގެ ސަރުކާރުން އެ ހިރާސްތައް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށާއި ޝަރުޢީ ދާއިރާއަށް ވަކި ބަޖެޓެއްގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ކަނޑައެޅުމަކީ އެ ދާއިރާއަށް މިނިވަންކަމާއެކު ކުރިއަށްގެންދިއުމަށް ސަރުކާރުން އިސްކަންދޭ މިންވަރު ހާމަވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަހަރުގެ އުއްމީދީ ބަޖެޓާއެކު ޝަރުޢީ ދާއިރާއިން އުއްމީދީ ނަތީޖާއެއް މިއަހަރު ހާސިލް ކުރުމަށް އަމާޒު ހިފާފައިވާ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެގޮތުން، މިއަހަރުގެ ތެރޭގައި މުޅިން އަލަށް 49 ޕީއެސްއައިޕީ މަޝްރޫއު ފަށާނެ ކަމަށެވެ. އަދި މިހާރު ފަށާފައިވާ 10 މަޝްރޫއެއް މިއަހަރުތެރޭ ނިމޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެ ޑިޖިޓަލް ކުރުމަށް ސަރުކާރުން ގެންގުޅުއްވާ 2.0 ތަސައްވުރުގެ ދަށުން ޝަރުޢީ ދާއިރާވެސް ޑިޖިޓަލް ކުރުމަށް މިއަހަރު ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރުޢީ ދާއިރާ ޑިޖިޓަލް ކުރުމުގެ ތެރެއިން ޝަރީއަތުގެ މަޖިލީހުގައި ދެ ފަރާތުގެ ވާހަކަތައް ވަގުތުން ލިޔެވޭގޮތަށް ހަދާފައިވާ އެޕްލިކޭޝަން އިތުރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މާލެ ސަރަހައްދުގެ ހުރިހައި ކޯޓެއްގައި އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓްގެ މޮޑިއުލް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި އެއަށްފަހު އަތޮޅުތަކުގެ އާބާދީ ބޮޑު ރަށްރަށުގައި އެ މަސައްކަތް ކުރެވޭނެ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ހުށަހަޅާފައިވާ ސުވާލު ޣައިރު ޤާނޫނީ ކަމަށް ނިންމޭނެ ޖާގައެއް ނެތް: ސުޕްރީމް ކޯޓުޚަބަރު | 3 ގަޑިއިރު ކުރިންމިއަހަރު ބަޖެޓުކުރި މަސައްކަތްތައް ކުރިއަށްގެންދާނެ: ރައީސްޚަބަރު | 8 ދުވަސް ކުރިން"އުންމީދީ ބަޖެޓާއެކު ނަތީޖާ ޙާސިލްކުރަން މިތިބީ ތައްޔާރަށް"ޚަބަރު | 2 މަސް ކުރިންމިދިޔަ އަހަރުގެ ބަޖެޓް ޑެފިސިޓް ބޮޑުތަނުން ކުޑަވެއްޖެވިޔަފާރި | 2 މަސް ކުރިން