logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ފަނޑިޔާރުން ވާންޖެހޭނީ އުޅުންތަކާއި ގުޅުންތަކުގައި ނަމޫނާ ބަޔަކަށް: އުއްތަމަ ފަނޑިޔާރު

އިސްމާޢިލް ރާތިޢު
31 އޮކްޓޯބަރު 2025 - 04:48
އުއްތަމަ ފަނޑިޔާރު، ޢަބްދުލް ޣަނީ މުޙައްމަދު
އުއްތަމަ ފަނޑިޔާރު، ޢަބްދުލް ޣަނީ މުޙައްމަދު

ފަނޑިޔާރުންނަކީ ތިމާގެ އުޅުންތަކާއި ގުޅުންތަކުގައި އެހެން އެންމެންނަށް ނަމޫނާ ދައްކަންޖެހޭ ބައެއްކަމަށް، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލް ޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އުސްތާޛް ޣަނީ މިފަދައިން ވިދާޅުވެފައިވަނީ ކްރިމިނަލް ކޯޓަށާއި މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރެއްވުމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޙަފްލާގައި ވާހަކަދައްކަވަމުން އުސްތާޛް ޣަނީ ވިދާޅުވީ ފަނޑިޔާރުކަމަކީ ވަރަށް މަތިވެރި މަސްއޫލިއްޔަތެއް ކަމަށާއި ކޮންމެ ފަނޑިޔާރެއްގެވެސް އަޒުމަކަށް ވާން ވާނީ މި މަތިވެރި މަސްއޫލިއްޔަތު، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރުންމަތީ ދެމިތިބުން ކަމަށެވެ. އަދި މި މަތިވެރި ޒިންމާ އަދާކުރުމަށް ﷲ ތަޢާލާ އަންގަވާފައި ވަނީވެސް އެގޮތުގެ މަތީންކަން ހަނދުމަކޮށްދެއްވާ، މިކަމުގައި ފަރުވާކުޑަ ނުކުރުމަށް އުއްތަމަ ފަނޑިޔާރު ގޮވާލެއްވިއެވެ.

ހަމައެހެންމެ، ފަނޑިޔާރުންނަށް އިޙްތިރާމް ލިބުން ބިނާވެގެންވަނީ އެ ފަނޑިޔާރަކު ކޯޓުތެރޭގައްޔާއި ކޯޓުން ބޭރުގައި އަމަލުކުރާ ގޮތެއްގެ މައްޗަށްކަން ފާހަގަކުރައްވާ، ފަނޑިޔާރުންގެ އަމަލުތައް އަބަދުވެސް ބަހައްޓަންވާނީ ރިވެތި އަޚްލާޤެއްގެ އިތުރުން އަދަބުވެރި މިންގަނޑެއްގެ ތެރޭގައިކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މީގެ އިތުރުން، ފަނޑިޔާރުންނަކީ ތިމާގެ އުޅުންތަކާއި ގުޅުންތަކުގައި އެހެން މީހުންނަށް ނަމޫނާ ބަޔަކަށް ވާންޖެހޭނެކަން ފާހަގަކުރައްވާ، ކޯޓުތަކުގެ މުވައްޒަފުންނަށާއި ޚިދުމަތް ހޯދަން އަންނަ އެންމެންނަށްވެސް ނަމޫނާ ބަޔަކަށް ފަނޑިޔާރުންވުމަށް އުއްތަމަ ފަނޑިޔާރު ގޮވާލެއްވިއެވެ.

މި ރަސްމިއްޔާތުގައު ވާހަކަދައްކަވަމުން އުސްތާޛް ޣަނީ ވަނީ، އަދުލު އިންސާފު ޤާއިމުކުރުމަކީ އިލާހީ ރިސާލަތުގެ މައިގަނޑު އަސާސްކަމަށް ވިދާޅުވެ، މިއީ އެއްވެސް ހާލެއްގައި އާދައިގެ ޒިންމާއެއްގެ ގޮތުގައި ނުދެކުމަށް ފަނޑިޔާރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް ޢައްޔަނުކުރެއްވި 2 ފަނޑިޔާރުން ހިމެނިވަޑައިގަންނަވާގޮތަށް 19 ބޭފުޅަކު، ފަނޑިޔާރުކަމުގެ ހުވާކުރައްވާފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ހުށަހަޅާފައިވާ ސުވާލު ޣައިރު ޤާނޫނީ ކަމަށް ނިންމޭނެ ޖާގައެއް ނެތް: ސުޕްރީމް ކޯޓުޚަބަރު | 5 ގަޑިއިރު ކުރިން"އުންމީދީ ބަޖެޓާއެކު ނަތީޖާ ޙާސިލްކުރަން މިތިބީ ތައްޔާރަށް"ޚަބަރު | 2 މަސް ކުރިންފަނޑިޔާރުން ވާންޖެހޭނީ އުޅުންތަކާއި ގުޅުންތަކުގައި ނަމޫނާ ބަޔަކަށް: އުއްތަމަ ފަނޑިޔާރުޚަބަރު | 5 މަސް ކުރިންމައްސަލަތަކުގައި ވަކާލާތުކުރާއިރު، ކަނުލައި އަޑުއެހުމުގެ ހުނަރު ތަރައްޤީކުރަންޖެހޭ: އުއްތަމަފަނޑިޔާރު ޚަބަރު | 5 މަސް ކުރިން