logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

މައްސަލަތަކުގައި ވަކާލާތުކުރާއިރު، ކަނުލައި އަޑުއެހުމުގެ ހުނަރު ތަރައްޤީކުރަންޖެހޭ: އުއްތަމަފަނޑިޔާރު

އައިޝަތު ނަޝާ
26 އޮކްޓޯބަރު 2025 - 14:33
މައްސަލަތަކުގައި ވަކާލާތުކުރާއިރު، ކަނުލައި އަޑުއެހުމުގެ ހުނަރު ތަރައްޤީކުރަންޖެހޭ: އުއްތަމަފަނޑިޔާރު

މައްސަލަތަކުގައި ވަކާލާތުކުރައްވާއިރު، ޚުލާސާކޮށް ހުށައެޅުމުގެ ހުނަރާއި ކަނުލައި އަޑުއެހުމުގެ ހުނަރު ތަރައްޤީކުރަންޖެހޭކަމަށް އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އުއްތަމަފަނޑިޔާރު މިހެން ވިދާޅުވީ ޤާނޫނީ ވަކީލުން ހުވާކުރެއްވުމަށް ބާ ކައުންސިލުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އިތުރަށް ވިދާޅުވީ ،ވަކީލުންނަކީ ޢަދުލު އިންސާފު ޤާއިމުކުރުމުގައި ފަނޑިޔާރުންނަށް އެހީތެރިވާންޖެހޭ ބަޔަކަށް ވާން ޖެހޭނެ ކަމަށާއި، ކޮންމެ ޤާނޫނީ ވަކީލަކީވެސް ޚަސްމުންގެ ޙައްޤުތައް ކަށަވަރުކޮށްދޭ މީހެއްކަމަށާއި، އެހެންކަމުން މައްސަލަތަކުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ފަނޑިޔާރުންނަށް މަޢުލޫމާތު ހިއްސާކުރުން މުހިންމުކަމަށެވެ.

މީގެއިތުރުން ކާމިޔާބު ވަކީލަކަށްވުމަށްޓަކައި ވިސްނަންޖެހޭ ބައެއް ކަންކަންވެސް އޭނާ ވަނީ ޙިއްސާކުރައްވާފައެވެ. އެގޮތުން ވަކި ދާއިރާއަކަށް ޚާއްސަވެ، އެ ދާއިރާއަކުން ދިރާސާކުރުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޤާނޫނީ ދާއިރާގެ މަސައްކަތުގައި ކޮންމެވެސްވަރަކަށް ނިކަމެތިންނަށް ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށްވެސް އުއްތަމަފަނޑިޔާރު އެދިވަޑައިގެންނެވިއެވެ.

ބާ ކައުންސިލުން ބޭއްވި ވަކީލުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި 19 ވަކީލަކު ވަނީ އަލަށް ހުވާކުރައްވާފައެވެ. ވަކީލުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢުއެވެ. ހުވާކުރެއްވި ވަކީލުންނާއެކު މިހާރު ބާ ކައުންސިލުގެ ވަކީލުންގެ ދަފުތަރުގައި 1919 ވަކީލުން މިހާރު ތިއްބަވައެވެ.

ވަކީލުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބާ ކައުންސިލްގެ އިސްވެރިންނާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި ޤާޟީންގެ އިތުރުން ޔުނިވަރސިޓީތަކުގައި ވަކީލުން ބިނާކުރުމުގައި ހަރަކާތްތެރިވާ ޤާނޫނީ ދާއިރާގެ ލެކްޗަރަރއިން ބައިވެރިވެވަޑައިގެންނެވިއެވެ.


Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ހުށަހަޅާފައިވާ ސުވާލު ޣައިރު ޤާނޫނީ ކަމަށް ނިންމޭނެ ޖާގައެއް ނެތް: ސުޕްރީމް ކޯޓުޚަބަރު | 5 ގަޑިއިރު ކުރިން"އުންމީދީ ބަޖެޓާއެކު ނަތީޖާ ޙާސިލްކުރަން މިތިބީ ތައްޔާރަށް"ޚަބަރު | 2 މަސް ކުރިންފަނޑިޔާރުން ވާންޖެހޭނީ އުޅުންތަކާއި ގުޅުންތަކުގައި ނަމޫނާ ބަޔަކަށް: އުއްތަމަ ފަނޑިޔާރުޚަބަރު | 5 މަސް ކުރިންމައްސަލަތަކުގައި ވަކާލާތުކުރާއިރު، ކަނުލައި އަޑުއެހުމުގެ ހުނަރު ތަރައްޤީކުރަންޖެހޭ: އުއްތަމަފަނޑިޔާރު ޚަބަރު | 5 މަސް ކުރިން