logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

އިރާން ބަލިކޮށް ޗެކިއާ ސެމީފައިނަލަށް

އަބްދުﷲ ޣާނިމް
25 ސެޕްޓެމްބަރު 2025 - 18:39
އިރާން ބަލިކޮށް ޗެކިއާ ސެމީފައިނަލަށް

ފިލިޕީންސްގައި ކުރިއަށްދާ 2025 ވަނަ އަހަރުގެ އެފްއައިވީބީ ވޮލީބޯޅަ ފިރިހެނުންގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ޗެކިއާއިން ތާރީޚު ލިޔެފިއެވެ. ޕާސޭ ސިޓީގައި މިއަދު ބޭއްވުނު ފުރަތަމަ ކުއާޓަރ ފައިނަލް މެޗުގައި އީރާނާ ކުޅެ، ޗެކިއާ ވަނީ 55 އަހަރު ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ޗެމްޕިއަންޝިޕްގެ ސެމީފައިނަލަށް ދަތުރުކޮށްފައެވެ.

މީގެ ކުރިން ޗެކޮސްލޮވޭކިއާގެ ގޮތުގައި އޮތް އިރު ސެމީފައިނަލަށް ގޮސްފައިވީ ނަމަވެސް، ވަކި ޤައުމެއްގެ ގޮތުގައި ޗެކިއާއިން ސެމީއަށް ދިޔަ މީއީ ފުރަތަމަ ފަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުރަތަމަ ސެޓުގައި އީރާނުން ވަރުގަދަ ފެށުމެއް ފަށައި، 5 ޕޮއިންޓުގެ ލީޑެއް ނެގި ނަމަވެސް، ޗެކިއާއިން އެ ސެޓުގައި ގިނަ މިސްޓޭކްތަކެއް ހެދުމުން އެ ސެޓު ކާމިޔާބުކުރީ އީރާނުންނެވެ. އަލީ ހަޖިޕޫރުގެ ފަހު ޕޮއިންޓާ އެކު އެ ސެޓު ނިމުނީ އީރާނަށެވެ.

ދެވަނަ ސެޓުގައިވެސް އީރާނުން ލީޑުނެގިނަމަވެސް، ޗެކިއާއިން ވަނީ އަނބުރާ ގަދަ ކުޅުމެއް ދައްކާފައެވެ. މާރެކް ސޮޓޯލާގެ އޭސްއަކާ އެކު ޗެކިއާއިން ކޮންޓްރޯލް ހޯދި އިރު، ލޫކަސް ވަސީނާގެ އިތުރު އޭސްއަކުން އެ ސެޓު ނިންމާލީ ޗެކިއާއިންނެވެ.

ތިންވަނަ ސެޓުގައި ޗެކިއާއިން މިސްޓޭކްތައް މަދުކޮށް، އީރާނުން ގިނަ މިސްޓޭކްތަކެއް ހެދުމުން އެ ސެޓު ކާމިޔާބުކުރީ ޗެކިއާއިންނެވެ. އޭގެ ފަހުން މޮމެންޓަމް ޗެކިއާއާ އެކުގައި އޮތުމާއެކު، ހަތަރުވަނަ ސެޓުގައި ޖާން ގަލަބޯވްގެ މެޗް ވިނިންގ ޕޮއިންޓާ އެކު މެޗު ނިމުނީ 3-1 (22-25، 27-25، 25-20، 25-21) އިން ޗެކިއާ މޮޅުވެގެންނެވެ.

ހޮނިހިރު ދުވަހު ބޭއްވޭ ސެމީފައިނަލްގައި ޗެކިއާއިން ކުޅޭނީ ބަލްގޭރިއާއި ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އަންހެން ވޮލީ ކުޅުންތެރިންނަށް އެސޯސިއޭޝަންގެ ރައީސްގެ ފަރާތުން ބޮޑު ހިތްވަރެއްކުޅިވަރު | 3 މަސް ކުރިންކާވާ ކަޕްގައި އަފްގާނިސްތާން ބަލިކޮށް ރާއްޖެއިން ދެވަނަ މޮޅު ހޯދައިފިކުޅިވަރު | 3 މަސް ކުރިންކާވާ ވިމެންސް ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ރާއްޖެ ސީދާ ތިންސެޓުން ބަންގްލަދޭޝް ބަލިކޮށްފިކުޅިވަރު | 3 މަސް ކުރިންއޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ދީމާގެ އަޒްކާގެ ޕެއާއިން މޮންގޯލިއާވެސް ބަލިކޮށްފި ކުޅިވަރު | 5 މަސް ކުރިން