logo
Bank of Maldives

Bank of Maldives

ޚަބަރު

2023 ގައި އެމްޑީޕީއަށް ވެރިކަންލިބުނުނަމަ މިއަދު ރައްޔިތުންތިބޭނީ ކަނުއަނދިރީގައި ނުކައިނުބޮއެ ބަނޑަށް: ފަލާހް

މުހައްމަދު މޫސާމުހައްމަދު މޫސާ
27 ސެޕްޓެމްބަރު 2025 - 08:42
އެމްޑީޕީއަށް ވެރިކަންލިބުނުނަމަ މިއަދު ރައްޔިތުންތިބޭނީ ކަނުއަނދިރީގައި ނުކައިނުބޮއެ ބަނޑަށް: ފަލާހް

2023 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުނުނަމަ، މިއަދު ދިވެހި ރައްޔިތުން ތިބޭނީ ކަނުއަނދިރީގައި ނުކައިނުބޮއެ ބަނޑަށްކަމަށް މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހް ވިދާޅުވެފައިވަނީ، އެމްޑީޕީގެ ލީޑަރޝިޕްގެ ފަރާތުން ހިންގާފައިވާ ބޮޑެތި ވައްކަންތަކުގެ ސަބަބުން، 3 އޮކްޓޯބަރުގައި އެއްވުމަށް ގޮވާލަމުންދަނީ މި ވައްކަންތަކުން ރެކެން ވެގެން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިތުރަށް ވިދާޅުވެފައިވަނީ، މި ވައްކަމަކީ ފެނަކައިގެ އެއިރުގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސަޢީދު އެކަނި ކޮށްފައިވާ ކަމެއް ނޫން ކަމަށާއި، އެމްޑީޕީގެ މުޅި ލީޑަރޝިޕަށް މި ފައިސާއިން ބައި އަޅާފައިވާ ކަމަށެވެ.

''މިވައްކަންމީ ސައީދުއެކަނިކޮށްފައި އޮތްކަމެއްނޫން، އެމްޑީޕީގެ މުޅިލީޑަރޝިޕަށް މިފައިސާގަނޑުންވަނީބައި އަޅާފަ.
ސަޢީދުއެކަނި ބޮލަށް ކަނޑާލާފައި ރައްކާވާންނޫޅޭ!'' ފަލާހް ވިދާޅުވެފަވެއެވެ.

ފަލާހް ހާމަކުރެއްވި ގޮތުގައި، އެމްޑީޕީގެ ކުރީގެ ބައެއް މަޖިލިސް މެންބަރުން ވަނީ ރިސޯޓް ތަރައްޤީ ކުރުމަށް ރަށްތައް ގަނެ، ބައެއް މީހުން ރިސޯޓް ހަދަން ވެސް ފަށާފައެވެ. އަދި މިއީ ކުރީގެ ރައީސް ޔާމީން ވެސް ޖެހިލުންވާ ވަރުގެ ބޮޑު ވައްކަމެއް ކަމަށް ވިދާޅުވިއެވެ.

"މީ އަދި އެމްޑީޕީ ކޮށްފައި ހުރި ވައްކަމުގެ ކުޑަ މިންވަރެއް. ދާދި އަވަހަށް ރައްޔިތުން ކޮސްވާ ވަރުގެ އެމްޑީޕީއިން ކޮށްފައި ހުރި މިފަދަ ވައްކަންތައް ފަޅާއަރަމުންދާނެ،" ފަލާހް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާޓީ ބަދަލުކުރުމުން ވ. ތިނަދޫ ކައުސިލް ރައީސްގެ ގޮނޑިއާ މެދު ގޮތެއް ނިންމަންޖެހިއްޖެޚަބަރު | 7 ގަޑިއިރު ކުރިންމަޖިލީހުގެ ނައިބު ރައީސްކަމަށް ވާދައެއް ނުކުރަން: އެމްޕީ ފަލާހްޚަބަރު | 5 ދުވަސް ކުރިންރިޟުވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ބަންދުން ދޫކޮށްލީ އެމްޑީޕީ ސަރުކާރުގަ: އުޝާމްޚަބަރު | 20 ދުވަސް ކުރިންމެމްބަރު ފަލާހް ވިދާޅުވަނީ: ތިން ރައީސުންގެ ލަދު ޙަޔާތުގެ ކަންފުޅެއްވެސް ނެތް ކަމަށް!ޚަބަރު | 21 ދުވަސް ކުރިން