logo
Bank of Maldives

Bank of Maldives

ޚަބަރު

މި ސަރުކާރުން ލޯނެއް ނަގަންޏާ ނަގާނީ ގައުމާ ރައްޔިތުންނަށް ގެއްލުން ނުވާ ގޮތަށް: ފަލާހު

އަޙުމަދު ރިޝާން
7 ޖުލައި 2026 - 07:33
މި ސަރުކާރުން ލޯނެއް ނަގަންޏާ ނަގާނީ ގައުމާ ރައްޔިތުންނަށް ގެއްލުން ނުވާ ގޮތަށް: ފަލާހު

 މި ސަރުކާރުން ލޯނެއް ނަގަންޏާ ނަގާނީ ވިސްނުންތެރިކަމާ އެކު ގައުމާ ރައްޔިތުންނަށް ގެއްލުން ނުވާ ގޮތަށް ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ގައުމަކުން ފައިސާ ފޮއްޗެއް ހަމަ ދިއްކޮށްލާއިރަށް މި ސަރުކާރުން ނުހިފާނެ ކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށް ފައިދާވާ ގޮތަށް ނޫނީ ސަރުކާރުން ލޯނެއް ނުނަގާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަލާހު ވިދާޅުވީ މިސަރުކާރުން މިހާރު ވެސް އެމްޑީޕީގެ ދެވެރިކަމުން ނެގި ލޯނުތައް ދައްކަމުން އަންނަ ކަމަށެވެ. އެގޮތުން މޯގޭޗްކޮށްފައި ހުރި ބިންތަކާއި ފަޅުތައް ސަލާމަތްކޮށްފައިވާ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.

ފަލާހު އިތުރަށް ވާހަކަ ދައްކަވުން ވިދާޅުވީ ގައުމުތަކަށް ސަފީރުން އައްޔަންކުރުމާއި ވަކިކުރުމަކީ އަބަދު ވެސް ހިނގާނެ ކަންކަން ކަމަށެވެ. އަދި ގިނަ ސަފީރުންތަކެއް އައްޔަންކުރުމަކީ މި ސަރުކާރާ ދޭދޭ ގައުމުތަކާ އޮތް ގުޅުން ބަދަހިވެގެން ދިއުން ކަމަށާއި ސަފީރުންނަކީ މާބޮޑު މުސާރައެއްދޭ ބައެއް ނޫން ކަމަށް ވެސް ފަލާހު ފާހަގަ ކުރެއްވެވި އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ ހުރިހާ މަޖިލިސް މެމްބަރުން ތިއްބެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ފަލާހްޚަބަރު | 6 ދުވަސް ކުރިންއެމްޑީޕީއާ ގުޅިގެން ސަރުކާރު ވައްޓާލަން ޔާމީނު ކުރާ މަސައްކަތުން ހާމަވަނީ އަމަލާއި ބަހާއި ދިމާނުވާކަން: ފަލާހްޚަބަރު | 15 ދުވަސް ކުރިންޓެކްސް ޤާނޫނަށް ހުށަހެޅި އިސްލާހުން ފަތުރުވެރިކަމުގެ ދާއިރާގެ އެއްވެސް ޓެކްސްއެއް ބޮޑެއް ނުވޭ: ފަލާޙްޚަބަރު | މަހެއް ކުރިންއެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނާ މެދު އަމަލުކުރި ގޮތް ހަނދާން ނެތޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް: ފަލާހްޚަބަރު | މަހެއް ކުރިން