އެމްޑީޕީއަކީ ގައުމު ހަލާކުރަން މަސައްކަތްކުރާ އަދުއްވެއް: މެމްބަރު މުސްތަފާ
28 ސެޕްޓެމްބަރު 2025 - 01:39

އެމްޑީޕީ ފާހަގަކުރެވެނީ ގައުމު ހަލާކުރަން މަސައްކަތްކުރާ ގައުމުގެ އަދުއްވެއްގެ ގޮތުގައިކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެމްބަރު މުސްތަފާ ވިދާޅުވެފައިވަނީ، އެމްޑީޕީއަކީ ގައުމުގައި ފިތުނަ ފަސާދަ އުފެއްދުމާއި، ކަރަޕްޝަނަށް ހިތްވަރުދޭ ގިނަ 'ވަގުންތަކެއް' ތިބި ޕާޓީއެއް ކަމަށެވެ.

Ad by Hajj Corporation
މެމްބަރު މުސްތަފާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީން ބަޣާވާތާއި، ދައުލަތް ފުޑާލުމާއި، އެތައް ދިވެހިންނެއްގެ ލޭ ގައުމަށް އޮހޮރާލުމާއި، ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުގެ އިތުރުން، އިސްލާމްދީން ނޫން ދީންތަކަށް މި ފަސްގަނޑުން ފުރުސަތު ދިނުމަށް މަގުފަހިކުރަމުންދާ ކަމަށެވެ.
އަދި އެއްޖިންސުން ގުޅުން ހިންގުމަށް މަގުފަހިކޮށްދިނުން ފަދަ ކަންކަމުން މި ދީބު ހަލާކުރަން މަސައްކަތްކުރާ އަދުއްވެއްގެ ގޮތުގައި އެމްޑީޕީ ސިފަވާ ކަމަށްވެސް މެމްބަރު މުސްތަފާ ވިދާޅުވިއެވެ.
މެމްބަރު މުސްތަފާ އިތުރަށް ވިދާޅުވެފައި ވަނީ ދިވެހި ރައްޔިތުން އަނގަޔާއި އަތާ ދިމާނުވާހާ ނިކަމެތި ހާލަށް ވައްޓާލި އެމް ޑީ.ޕީ ގެ ބޮޑު ވައްކަމާ ބޮޑު ޚިޔާނާތުގެ (ފެނަކައިގެ ބޮޑު ވައްކަމުގެ) މުގުލުގައިހުރި އިސް މޭސްތިރިއަކީ ރައީސް އިބްރާހިމް ޞާލިޙުކަމަށެވެ.
''މިކަން 2021 ވަނަ އަހަރު ގެ މި އާޓިކަލުން ޔަގީންކޮށްދޭ. އަދި އޮޑިޓް ރިޕޯރޓް ބުނާގޮތުން މިއީ އެއިރުގެ ފިނޭންސް މިނިސްޓަރާއި އެކޮނޮމިކް މިނިސްޓަރާ ފެނަކައިގެ ސަޢީދުގެ ހުރިހާ އައަުވާނުން އެކުވެގެން ކުރި ބޮޑު ވައްކަމެއް'' މުސްތަފާ ވިދާޅުވެފަވެއެވެ.


