މަގު ހެދިއިރު ބާޒާޒުމަތީ ބައެއްގައި ޕޭމަންޓް ނެތީ ސިޓީ ކައުންސިލުން ހުއްދަ ނުދިނުމުން: މުސްތަފާ
12 ޖުލައި 2026 - 06:33

ބޮޑުތަކުރުފާނުގެ މަގުގެ ބާޒާރުމަތީ ސަރަހައްދު ބައިގައި ޕޭވަންމަންޓް ނުލެވުނީ ސިޓީ ކައުންސިލުން އެ ހުއްދަ ނުދިނުމުން ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މެންދުރު ޓީވީގެ މައުލޫ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ ބާޒާރު މަތީގަގެ މަގު ފުޅާކުރިއިރު، ވެސް މޭޔަރު ކަމުގައި ހުންނެވީ މިހާރު ވެސް މާލޭގެ މޭޔަރުކަމުގައި ހުންނެވި، މޭޔަރު އާދަމް އާޒިމް ކަމަށާއި އެ ސަރަހައްދު ޕޭމަންޓްފުޅާ ކުރުމަށް ބިންދިންނަމަ އެތަން މިހާރަށް ވުރެ ހިތްގައިމުވާނެ ކަމަށެވެވެ.

Ad by Hajj Corporation
މުސްތަފާ ވިދާޅުވީ މާލޭގެ އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް ފެށުމުގެ ގޮތުން ޗައިނާ މީހުން މިހާރު ސާވޭ ކުރަން ފަށާފައިވާ ކަމަށެވެ. އަދި އެތެރެ މަގުތައް ހަދާއިރު ހުރިހާ ހޮޅިލައިންތަކެއް ބަދަލުކޮށް، އެތެރޭގައި ތާރު އެޅުމުން މާލެ މިހާރަށް ވުރެ ހިތްގައިމުވާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވެވި އެވެ.
މިއީ ކުޑަ ޕްރޮކެޓެއް ނޫން ކަމަށާއި ވާދަވެރި ފަރާތްތަކުން ކަމެއްނުވާ ކަމަށް ބުނި ނަމަވެސް މިފަދަ މުހިއްމު ޕްރޮޖެޓްތައް ވެސް ކުރިޔަށް ގެންދާނީ މި ސަރުކާރުން ކަމަށް މުސްތަފާ ފާހަގަ ކުރެއްވެވި އެވެ.


