ބަލްގޭރިއާ ބަލިކޮށް، އިޓަލީ ވޮލީ ބޯޅައިގެ ދުނިޔޭގެ ރަސްކަމަށް
28 ސެޕްޓެމްބަރު 2025 - 13:26

އެފްއައިވީބީ ވޮލީބޯޅަ ފިރިހެނުންގެ ވޯލްޑް ޗެމްޕިއަންޝިޕް ފިލިޕީންސް 2025 ގެ ފައިނަލްގައި އިޓަލީން ބަލްގޭރިއާ ބަލިކޮށް ޗެމްޕިއަންކަން ހޯދައިފިއެވެ. މިފަހަރުގެ މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ޕިލިޕީންސްގެ ޕަސޭ ސިޓީގައެވެ.
މިއީ އިޓަލީގެ ޓީމުން ވިދިވިދިގެން ދެވަނަ ފަހަރަށް ހޯދި ވޯލްޑް ޗެމްޕިއަންކަމެވެ. އަދި މިހާތަނަށް ޖުމްލަ 5 ވަނަ ވޯލްޑް ޓައިޓަލް ވަނީ ހާސިލް ކޮށްފައެވެ. މީގެ ކުރިން އިޓަލީން ވަނީ 1990، 1994، 1998 އަދި 2022 ވަނަ އަހަރު ވޯލްޑް ޗެމްޕިއަންކަން ހޯދާފައެވެ. ބަލްގޭރިއާއަށް ލިބުނީ ރަން މެޑަލެވެ. މިއީ ވޯލްޑް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ބަލްގޭރިއާއިން ހޯދި ދެވަނަ ރިހި މެޑަލެވެ. ފުރަތަމަ ރިހި މެޑަލް ހޯދީ 1970 ވަނަ އަހަރުއެވެ.

Ad by Hajj Corporation
މެޗުގެ ފުރަތަމަ ސެޓުގައި ބަލްގޭރިއާއިން ލީޑުނެގިނަމަވެސް، މެޓިއާ ބޮޓޮލޯގެ ފަސް ސާވިސް ޕޮއިންޓާއެކު އިޓަލީން އެ ސެޓު ކާމިޔާބުކުރިއެވެ. ދެވަނަ ސެޓުގައި އިޓަލީގެ ޔޫރީ ރޮމާނޯ ވިދިވިދިގެން ފަސް އޭސް ސާވިސް ހޯދުމާއެކު އެ ސެޓުވެސް އިޓަލީއަށް ކާމިޔާބުވިއެވެ.
ތިންވަނަ ސެޓުގައި ބަލްގޭރިއާގެ ޒުވާން ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، އެ ސެޓު ކާމިޔާބުކުރިއެވެ. މާޓިން އަޓަނާސޮވްގެ އޭސް ސާވިސްއާއެކު ސެޓް ޕޮއިންޓަށް އައުމަށްފަހު، އަސްޕަރުހު އަސްޕަރުހޮވްގެ ހުޝިޔާރު މޫވްމަންޓަކުން އެ ސެޓު ނިންމާލިއެވެ.
ހަތަރުވަނަ އަދި ފަހު ސެޓުގައި ބޮޓޮލޯގެ ދެ ސާވިސް ރޮއުންޑުގައި ދެއްކި މޮޅު ކުޅުމާއެކު އިޓަލީން އެ ސެޓު ފަސޭހައިން ކާމިޔާބުކޮށް، މެޗު 3-1 (25-21، 25-17، 17-25، 25-10) އިން ކާމިޔާބުކުރިއެވެ. މެޗުގެ ފަހު ޕޮއިންޓު ހޯދީ އިޓަލީގެ މިޑްލް ބްލޮކަރ ސިމޯނެ އަންޒާނީއެވެ.
މިމުބާރާތުގެ ލޯމެޑަލް ކާމިޔާބުުރީ ޗެޒްކިއާ 3 ސެޓު 1 ސެޓުން ބަލިކޮށް ޕޮލެންޑެވެ.
މީގެ އިތުރުން މިއަހަރުގެ އަންހެން އެފްއައިވީބީ ވޮލީބޯޅަ ވޯލްޑް ޗެމްޕިއަންޝިޕްވެސް ކާމިޔާބުކުރީ އިޓަލީވިލާތުންނެވެ.