logo
Bank of Maldives

Bank of Maldives

ޚަބަރު

ކޮރަޕްޝަން ހުއްޓުވޭނީ ކޮރަޕްޝަންގެ އަމަލު ހިންގާ ފަރާތްތަކުގެ މައްޗަށް ގާނޫނު ތަންފީޒު ކުރުމުން: އިހްސާން

އައިމިނަތު މޫސާ
30 ސެޕްޓެމްބަރު 2025 - 11:49
ހޯމް މިނިސްޓަރ އިހްސާން
ހޯމް މިނިސްޓަރ އިހްސާން

ކޮރަޕްޝަން ހުއްޓުވުމަށް އެންމެ ރަނގަޅު ގޮތަކީ ޒިންމާދާރު މަގާމުތަކުގައި ތިބޭ އިރު ކޮރަޕްޝަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި ކޮރަޕްޝަންގެ އަމަލު ހިންގާ ފަރާތްތަކުގެ މައްޗަށް ގާނޫނު ތަންފީޒު ކުރުމުން ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމުގެ ފުރުސަތު މި ފާއިތުވި 15 އަހަރު އެކި ސަރުކާރުތަކަށް ލިބި ކޮރަޕްޝަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއްކޮށްފައިނުވާ ކަމަށެވެ.ކަން އެހެން އޮވެ، މިއަދު ސިޔާސީ އިދިކޮޅު ފަރާތްތަކުން މަގުތަކަށް ރައްޔިތުން ނެރެގެން ކުރަން މިއުޅެނީ ކޮންކަމެއްތޯ ރައްޔިތުން ވިސްނާލަން ޖެހޭ ކަމަށާއި މަގާމު ތަކުގައި އެބޭފުޅުން ތިއްބެވި އިރު ކޮރަޕްޝަން ހުއްޓުވުމަށް އެބޭފުޅުން ކުރެއްވީ ކޮންކަމެއްތޯވެސް ރައްޔިތުން މިއަދު ސުވާލު އުފައްދަނަް ޖެހޭ ކަމަށް އިހްސާން ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިހްސާން ވިދާޅުވީ 15 އަހަރު ވި އިރު ވެސް ކޮރަޕްޝަން ހުއްޓުވުމަށް އެކަށީގެންވާ މަސައްްކަތްތަކެއް އެ ފަރާތްތަކުން ކޮށްފައިނުވާ ކަމަށާއި، މި ސަރުކާރުން އިސްވެ ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު މި މޭރުމުން ވާހަކަފުޅުދައްކަވާފައިވާއިރު އެމްޑީޕީގެ މި ދިޔަ ސަރުކާރުގައި ފެނަކަ ތެރޭގައި ހިނގި ވައްކަންތައް ތަހުގެ މައްސަލަ ވަނީ ފެންމަތި ވެފައެވެ.

އެގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ރިޕޯޓުން އެނގޭ ގޮތުގައި، ފެނަކައިގެ ކުރީގެ ވެރިން ވަނީ، ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެފައެވެ. ކޮރަޕްޝަނާއި ނުހައްގުން ބާރާއި ނުފޫޒު ފޯރުވައިގެން ކޮށްފައިވާ އެތައް ކަމެއް އެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސައީދު މުޙައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ އޭނާ 4 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫ ސިޓީގެ އިޤްތިޞާދު ބަދަލުކުރުމަށް ސްވައިޕްގެ ދައުރު މުހިންމު: އިހްސާންޚަބަރު | 9 ދުވަސް ކުރިންއަންނަ މަހުން ފެށިގެން ފަތުރުވެރިންނަށް ވީއައިއޭގައި އީގޭޓްގެ ޚިދުމަތް ދެނީ!ޚަބަރު | 15 ދުވަސް ކުރިންޖަލުތަކަށް، ދެ އަހަރުތެރޭ 400 ގައިދީންގެ ޖާގަ އިތުރުކޮށްފިޚަބަރު | 16 ދުވަސް ކުރިންދޮޅު މަސް ތެރޭގައި 72 މިލިއަނަށްވުރެ ގިނަ ރުފިޔާގެމަސްތުވާތަކެތި އަތުލައިގަނެފިޚަބަރު | 16 ދުވަސް ކުރިން