logo
Bank of Maldives

Bank of Maldives

ކުޅިވަރު

100% ރެކޯޑާއެކު މާޒިޔާ ތާވަލުގެ އެއްވަނައަށް

އަބްދުﷲ ޣާނިމް
1 އޮކްޓޯބަރު 2025 - 03:06
100% ރެކޯޑާއެކު މާޒިޔާ ތާވަލުގެ އެއްވަނައަށް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތާވަލު އެއްވަނައަށް ޖެހިލައިފިއެވެ. މާޒިޔާއިން މިރޭ ކުޅުނު މެޗު ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ދެ ޓީމުންވެސް ވަރުގަދަ އެޓޭކިން ގޭމެއް ކުޅުނެވެ. ނަމަވެސް ބުރު ސްޕޯޓްސްއަށް ވުރެން މާޒިޔާގެ ހަމަލާތައް ގިނަވެ ވަރުގަދަވިއެވެ. މެޗުގެ ފުރަތަމަ ލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ 33 ވަނަ މިނެޓުގައި ހަމްޒާ މުޙައްމަދެވެ. އެއީ ނާއިޒް މުޙައްމަދު އޭރިއާ ތެރެއަށް ވަދެ ޖައްސާލި ބޯޅައަކުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ 41 ވަނަ މިނެޓުގައި މާޒިޔާގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ނާއިޒް މުޙައްމަދެވެ. އެއީ އިބްރާހީމް އައިސަމް ދިން ބޯޅައެއް އޭރިއާގެ އަރިމަތީގައި ހުރެ ގޯލަށް ވައްދާލައިގެންނެވެ. މެޗުގެ ތިންވަނަ އަދި ފަހު ލަނޑު ކާމިޔާބުކުރީ 59 ވަނަ މިނެޓުގައި އިބްރާހީމް އައިސަމެވެ. އެއީ ހިލޭ ޖެހުމަކުން އޭރިއާ ބޭރުން ގޯލުގެ ދުރުކަނަށް އަމާޒުކޮށްލައިގެންނެވެ.

މި މޮޅާއެކު މާޒިޔާ ވަނީ ތިން މެޗުން މޮޅުވެ ހޯދި 9 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ. މާޒިޔާއިން މެޗާ ކުރިމަތިލީ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗު ކާމިޔާބުކޮށް ފޯމުގައި އޮވެއެވެ. އަދި ބުރު ސްޕޯޓްސް ކުލަބުން ފުރަތަމަ މެޗު ކާމިޔާބުކުރި ނަމަވެސް، އެންމެ ފަހުން ކުލަބު އީގަލްސްއާ އެއްވަރުވެފައިވާ ޓީމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެނަލްޓީޖަހައިގެން ނިއުރޭޑިއަންޓް ބަލިކޮށް ޕްރެސިޑެންޓްސް ކަޕުގެ ފުރަތަމަ ޖާގަ މާޒިޔާއަށްކުޅިވަރު | 2 މަސް ކުރިންވިކްޓްރީ ބަލިކޮށް މާޒިޔާ އެއްވަނައިގައި ސެމީއަށް، ވާދަކުރަންޖެހޭނީ ނިއުރޭޑިއަންޓާ ދެކޮޅަށްކުޅިވަރު | 2 މަސް ކުރިންތާވަލުގެ ފުލުގައި އޮތް ޓީސީއަތުން ބަލިވެ މާޒިޔާގެ މޮޅުވުމުގެ ރެކޯޑް ނިމުމަކަށްކުޅިވަރު | 4 މަސް ކުރިންވާދަވެރި ކުޅުމަކަށްފަހު ނިއުބަލިކޮށް 100% ރެކޯޑާއެކު މާޒިޔާ ފުރަތަމަ ބުރު ނިންމާލައިފިކުޅިވަރު | 4 މަސް ކުރިން