ވިކްޓްރީގެ މެނޭޖްމަންޓް އެއްކޮށް ބަދަލުކޮށް އަލުން އިޢުލާން ކޮށްފި
2 އޮކްޓޯބަރު 2025 - 04:44

ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚުގެ އެންމެ ވާދަވެރި އަދި އެންމެ ކާމިޔާޞު އެއް ކުލަބް ކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކުލަބުން އެކުލަބުގެ މެނޭޖްމަންޓް ބަދަލުކޮށް، އެކަން ރޭގައި އިޢުލާނުކޮށްފިއެވެ.
ރޭގައި ކުލަބުން ބޭއްވި ރަސްމިއްޔާތުގައި ކުލަބުގެ އެކި މަޤާމް ތަކަށް އިންތިޚާބުކުރެވިފައިވާ އެކި ބޭފުޅުންގެ ނަންތައް ވަނީ އިޢުލާނުކޮށްފައެވެ. ރޭގައި އިޢުލާނު ކުރި ބޯޑުގައި ސަރުކާރުގެ އިސްމަޤާމުތަކުގައި ތިއްބެވި ގިނަބޭފުޅުންތަކެއް ހިމެނިފައިވެއެވެ.

Ad by Hajj Corporation
އެގޮތުން ބޯޑުގެ ރައީސްކަމަށް ކެލާ ދާއިރާގެ މަޖްލިސް މެންބަރު އަބްދުﷲ ޝަރީފު އިންތިހާބުކޮށްފައިވާއިރު، ނައިބުރައީސް އަކަށް އާރުޑީސީގެ އެމްޑީ އިބްރާހީމް ނަޒީމް ހިމެނިފައިވެއެވެ. ނައިބު ރައީސުންގެ ގޮތުގައި ހެލްތް މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހިމާއި އަބުދުﷲ ވަހީދުވެސް ހިމެނިފައިވެއެވެ. ބޯޑު މެންބަރުންގެ ގޮތުގައި ހިމެނިފައިވަނީ ބޯޑު މެންބަރުންނަކީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ލަތީފު، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބުރާހިމް ޝިއުރީ، ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީއެވެ.
މީގެ އިތުރުން ކުލަބް ހިންގުމުގެ އެތެރޭގެ މަޤާމްތަކަށް ހޮވިފައިވާ މެންބަރުންގެ ނަންތައްވެސް ވަނީ ރޭގެ ހަފްލާގައި އިޢުލާނުކޮށްފައެވެ.
މިހަފްލާގައި އައު މެނޭޖްމަންޓެއް އިޢުލާނު ކުރުމުގެ އިތުރުން، ކުލަބުން ވަނީ އެޓީމާއި އަލަށް ހަވާލުވި ކޯޗުވެސް ރޭގެ ހަފްލާގައި އިޢުލާނުކޮށްފައެވެ.