logo
Bank of Maldives

Bank of Maldives

ރިޕޯޓް

މާޒީގެ ތެރެއިން މޭޑޭގެ މުޒާހަރާ: ފަހުވަގު ބޮޑުން ފިލީ، ކުށް ކުރުވީ ނިކަމެތި މީހާ ލައްވާ!

މުހައްމަދު މޫސާމުހައްމަދު މޫސާ
3 އޮކްޓޯބަރު 2025 - 12:29
މާޒީގެ ތެރެއިން މޭޑޭގެ މުޒާހަރާ: ފަހުވަގު ބޮޑުން ފިލީ، ކުށް ކުރުވީ ނިކަމެތި މީހާ ލައްވާ!

2015 މެއި މަހުގެ އެއްވަނަ ދުވަހު ''މޭޑޭ''ގެ ނަމުގައި އެމްޑީޕީން އިސްވެ ބޭއްވި މުޒާހަރާއަކީ އާންމު ރައްޔިތުންތަކެއް ޖިނާއީ ދަލުގައި ޖެއްސި މުޒާހަރާއެކެވެ.

މާޒީގެ ސަފުހާތަކުގެ ތެރެއިން އެދުވަހާއި ހަމައަށް ހަނދާންތައް ގެންދާއިރު، އެމްޑީޕީން ކަންކުރިގޮތަކީ މުޒާހަރާ އަށް ރައްޔިތުންނެރެ، މަގުތައް ހަލަބޮލި ކުރުމަށްފަހު ބޮޑުން ފިލީއެވެ. އަދި ގޮސްތިބީ ޓީވީން ކުޅިބަލަން ފިނިކޮޓަރީގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައްޔިތުންނަށް އެކި ދޮގު ވާހަކަތައް ވިސްނައިދީ ޖޯޝް ގެނައުމަށްފަހު އެމީހުން ޖަޒުބާތުގައި ފުލުހުންނަށް އަނިޔާކޮށް ޖިނާއީ ކުށްކުރުވީއެވެ. އެކަމުގެ އަދަބާއި ބައެއް ރައްޔިތުންނާއި ކުރިމަތިލާންޖެހި ޖަލުގެ ތޭރިތަކުގެ ތެރޭ ދުވަސްތައް ހޭދަކުރަންޖެހި، އެތަނުން އެކަކު ޖަލުއި މި ދުނިޔެ ދޫކޮށްފައިވެސް ވެއެވެ.

މިކަމުގެ ފަހަތުގައި ތިބި އެމްޑީޕީގެ ބޮޑުން ތިބީ ކަމުންރެކިގެންނެވެ. ޖިނާއީ ޖަލުގައި ޖައްސައި ކުށްކުރުވީ އާންމު މެމްބަރުންލައްވައެވެ. އެދުވަހު ކުށްވެރި މީހުންގެ ހާލު ވެސް ބަލާނުލިއެވެ. ކުޑަމިނުން ގާނޫނީ އެހީތެރިކަން ވެސް ފޯރުކޮށް ނުދިނެވެ.

އެހަނދާން މިއަދާއި ގުޅުވައިލާއިރު، ދިވެހި ފުލުހުންގެ ޚިދުމަތުން ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް، އިސްވެ ދެންނެވުނު ހިނގާލުން (އެމްޑީޕީން 3 އޮކްޓޯބަރުގައި ބާއްވާ ހިނގާލުން) ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމަށްވާނަމަ، އެމްޑީޕީން އަނެއްކާ ވެސް މޭޑޭ އެއް ތަކުރާރުކުރަން މިވަނީ ސިއްރިޔާތުގައި ތައްޔާރުވެފައެވެ. މިއަދު ވެސް ބޮޑުން ފިލައި ދާނީ ފިނިކޮޓަރިއަށެވެ. ރައްޔިތުން ހަނާވާން މަގުތަކަށް ދޫކޮށްލާނެއެވެ. ނިމަކެތިވާނީ ރައްޔިތުމީހާ އާއި އޭނާގެ ޢާއިލާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީ ޗެއަރޕާސަން އިންތިހާބުގެ ވޯޓުލުން ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންޕާޓީ ބަދަލުކުރުމުން ވ. ތިނަދޫ ކައުސިލް ރައީސްގެ ގޮނޑިއާ މެދު ގޮތެއް ނިންމަންޖެހިއްޖެޚަބަރު | 7 ދުވަސް ކުރިންރިޟުވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ބަންދުން ދޫކޮށްލީ އެމްޑީޕީ ސަރުކާރުގަ: އުޝާމްޚަބަރު | މަހެއް ކުރިން"އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅި ޖަހާފައި" ތިބި ގައުމިއްޔަތާއި ދީނާ ދުރު ފެއިލިއަރުންގެ ފުށުން ހެވެއް ނުލިބޭނެރިޕޯޓް | މަހެއް ކުރިން