logo
Bank of Maldives

Bank of Maldives

ޚަބަރު

ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަކީ ސުލްޙަވެރި ސިޔާސީ ހަރަކާތް ހިންގުމެއް ނޫން: ވަޒީރު

އާމިނަތު ޝަފާ
3 އޮކްޓޯބަރު 2025 - 16:49
ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަކީ ސުލްޙަވެރި ސިޔާސީ ހަރަކާތް ހިންގުމެއް ނޫން: ވަޒީރު

ޑިއުޓީގައި ތިބޭ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުންކަމަށް ނުބެލެވޭނެކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވިއިރު މިރޭ އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ޑިއުޓީގައި ހުރި ފުލުހެއްގެ އަތުން މަޖުބޫރުން ޝީލްޑެއް އަތުލި މަންޒަރުތައް ސޯޝަލް މީޑިއާގައިވަނީ އާއްމުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

 

މި މަންޒަރު ދައްކުވައިދޭ ވީޑިއޯއާއެކު ވަޒީރު ވިދާޅުވީ ޑިއުޓީގައި ހުރި ފުލުހެއްގެ އަތުން މަޖުބޫރުން އާލާތްތައް އަތުލުމަކީ ސުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުން ކަމުގައި ނުބެލެވޭނެކަމަށެވެ.

އެފަދަ ޢަމަލުތަކަކީ ޤާނޫނު ތަންފީޛުކުރުމުގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް ކުރެވޭ މަޖުބޫރުކުރުވުމުގެ ނުވަތަ އަނިޔާވެރި ޢަމަލުތައްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މިފަދައިން ވިދާޅުވިއިރު އެމްޑީޕީންވަނީ މަޖީދީމަގުން މަގުމައްޗަށް ނުކުތުމަށް މުޒާހަރާގެ ބައިވެރިންނަށް ގޮވާލާފައެވެ. އެއާއެކު ފުލުހުން ބުނެފައިވަނީ މަޖީދީ މަގުން ދާން ހުއްދަ ދީފައި ނުވާނެ ކަމަށާއި އެއްވުން ކުރިއަށް ގެންދަން ފުލުހުން ހުއްދަ ދީފައި އޮތީ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުގައި ކަމަށެވެ. ބޮޑުތަކުރުފާނު މަގުން ހިނގާފައި ގޮސް އާޓިފިޝަލް ބީޗަށް އެއްވުން ނިންމަން ހުއްދަ ދީފައި އޮތް ނަމަވެސް އެއާ ހިލާފު ވެފައިވާ ކަމަށް ފުލުހުން ދަނީ ބުނަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވެރިކަމާ ހަވާލުވިއިރު ޑްރަގްކޯޓުން ހުކުމްކޮށްފައިވާ 700 އަށްވުރެ ގިނަ މީހުން ފަރުވާ ނުފެށި ތިބި: ވަޒީރު ޚަބަރު | 18 ދުވަސް ކުރިންރާއްޖޭގައި ޑްރަގުގެ ވިޔަފާރިއެއް ދެނެއް ނުކުރެވޭނެ: އިހުސާން ޚަބަރު | 24 ދުވަސް ކުރިންފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަކީ ސުލްޙަވެރި ސިޔާސީ ހަރަކާތް ހިންގުމެއް ނޫން: ވަޒީރު ޚަބަރު | 2 މަސް ކުރިންމޯލްޑިވްސް 2.0ގެ ބޭނުމަކީ އީވޯޓިންއަށް ދިއުމެއް ނޫން: އިހުސާންޚަބަރު | 7 މަސް ކުރިން